
މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށް، ޖެނެޓިކް ޓެސްޓިން ނުވަތަ ޑީއެންއޭ ޓެސްޓްކުރުމުގެ ޚިދުމަތް ފަށަން ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ “ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ތަޢާރަފްކުރެވޭ ޓެސްޓްތަކުގެ ތެރޭގައި ޖެނެޓިކް ނުވަތަ ޑީއެންއޭ ޓެސްޓް ހިމެނޭކަމަށް ސީއީއޯ ވިދާޅުވިއެވެ.

“ޑީއެންއޭ ޓެސްޓިންއަކީ ތެލެސީމިއާ ނިސްބަތް މަދުކުރުމަށް ސްކްރީންކުރެވޭ ފަރާތްތަކުގެ ތެރެއިން ޕްރިނޭޓަލް ޓެސްޓިން އަދި ތެލެސީމިއާ ކެރިއަރ ސްޓޭޓަސް ކަށަވަރުކުރުމަށް ކުރާ ތަހުލީލުތައްކުރުމަށާއި ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ދަރިން ހޯދުމަށްޓަކައި ބަޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ލޭގެ ބަލީގެ ބާވަތްތައް ދެނެގަތުމަށް ޕްރިނޭޓަލް ޑައިގްނޯސިސް އަދި އެނީމިއާގެ ފަސޭހަކަމުގެ އިތުރުން ގޮތް ނޭނގޭ ބާވަތްތައް ދެނެގަތުމަށް ޓެސްޓްކުރެވޭ އިތުބާރުހުރި ގޮތެއް.” ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއެވެ. ރާއްޖޭގައި ތެލެސީމިއާއަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ކަށަވަރުނުވުމުން ހަދަންޖެހޭ ޑީއެންއޭ މިވަގުތު ހަމައެކަނި ހެދެންހުރީ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަނުން، ޝީންނެވެ. އަދި އެކަމަށް ހާހެއްހާ ރުފިޔާ ޚަރަދުކުރަން ޖެހުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
1992ވަނަ އަހަރު ތެލެސީމިއާ ބަލި ހުންނަ މީހުންގެ ދަފްތަރު އެކުލަވާލިފަހުން 968 މީހަކު ރަޖިސްޓްރީވިއިރު، މިހާރު މި ބައްޔަށް ޚިދުމަތް ހޯދަމުން ގެންދަނީ 670 މީހުންނެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
