
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކެރީބިޔަން ކަނޑުގެ ދެކުނުގެ ސަރަޙައްދަކުން ދަތުރު ކުރަމުން ދިޔަ ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާދީ، 11 މީހުން މަރައިލައިފިއެވެ. މި ކަން ހާމަ ކުރައްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ ބޯޓަކީ މަސްތުވާތަކެތި ބަރު ކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމުގައެވެ. އަދި، މަރައިލާފައި ވަނީ މަސްތުވާތަކެތީގެ ވަގުފާރީގައި ހަރަކާތްތެރިވާ މީހުންތަކެއް ކަމަށާއި، އެ އުޅަނދުގެ މަންޒިލަކީ އެމެރިކާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އަދި، އޮޕަރޭޝަންގެ ދަށުން އެ ސަރަޙައްދަށް ވަނީ ގިނަ އަދަދެއްގެ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. މިއީ، އެ އޮޕަރޭޝަންގެ ދަށުން އުޅަނދަކަށް ޙަމަލާދީ، ބަޔަކު މަރައިލާފައިވާ ފުރަތަމަ ފަހަރެވެ.
“ދާދި ދެންމެއަކު އަޅުގަނޑުމެން ވާނީ ބޯޓަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައި، އޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި. އެ ފަދަ އިތުރު ބޯޓުތައް ވެސް ދަނީ ހަރަކާތްތެރިވަމުން. މި ޤައުމަށް [އެމެރިކާއަށް] ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އެތެރެ ކުރަމުން، އެ ތަކެތި ގެންނަނީ ދުރުގައިވާ ޤައުމުތަކުން. މި ފަހަރު ޙަމަލާ ދީފައި މި ވަނީ ވެނެޒުއެލާއިން ދަތުރު ކުރި ބޯޓަކަށް،” ޓްރަމްޕް ވިދާޅުވިއެވެ. އެ ބޯޓަށް ޙަމަލާ ދިން ކަން ހާމަކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެ ޙަމަލާގެ މަންޒަރުތައް ފެންނަ ވީޑިޔޯއެއް ވެސް ޢާންމު ކުރައްވާފައެވެ. ޑްރޯނަކުން ނަގާފައިވާ ވީޑިޔޯއިން ފެންނަނީ ކަނޑުގައި ދުއްވާފައި ދިޔަ ލޯންޗެއް ފަދަ އުޅަނދެއް ގޮވާ މަންޒަރެވެ. “އެ ޙަމަލާގައި 11 ނިރުބަވެރިން ވާނީ މަރައިލާފައި. އޮޕަރޭޝަންގެ ތެރެއިން އެމެރިކާ ސިފައިންގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވޭ،” ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެ އުޅަނދުގައި ތިބީ ވެނެޒުއެލާގެ ކުށްކުރާ ގޭންގަކަށް ނުވަތަ ގުރޫޕަކަށް ނިސްބަތްވާ ބަޔެއް ކަމުގައެވެ. އެއީ، ތްރޭން ދެ އަރާޣުވާގެ ނަން ކިޔާ ގުރޫޕެއް ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެއީ، ފެބުރުވަރީ މަހު ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ކަނޑައަޅާފައިވާ ގުރޫޕެކެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި އެ ގުރޫޕަކީ ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯގެ ބާރު ހިނގާ ގުރޫޕެކެވެ. ނަމަވެސް، ކަރާކަސްގެ ސަރުކާރުން އެ ތުހުމަތު ދޮގު ކުރެއެވެ. ވެނެޒުއެލާގެ މުއާޞަލާތާ ބެހޭ ވަޒީރު ފްރެދީ ނާނޭޒް ވަނީ ޓްރަމްޕްގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ޓްރަމްޕް ޢާންމު ކުރައްވާފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ ވީޑިޔޯއެއް ކަމުގައެވެ. ނަމަވެސް، އެއްވެސް މިނިވަން އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. މަސްތުވާތަކެތި އުފުލަމުން ދިޔަ ކަމުގައި ވިދާޅުވެ ޓްރަމްޕްގެ އަމުރަށް ޙަމަލާ ދީފައިވާ އުޅަނދާ ބެހޭ އިތުރު މަޢުލޫމާތު، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ހާމަކޮށްފައެއް ނެތެވެ. އެ އުޅަނދުގައި އުފުލާފައި ވަނީ ކޮން ބާވަތެެއްގެ މަސްތުވާ އެއްޗެއް ކަން އަދި އެ އުޅަނދަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަން ވެސް ސާފެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
