
ޖަޕާންގެ އިސްތިޢުމާރީ ބާރުގެ އަތްދަށުން ޗައިނާގެ ބައެއް ސަރަޙައްދުތައް މިނިވަން ކުރުމަށް 80 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޗައިނާއިން އަސްކަރީ ޕެރޭޑެއް ބާއްވައިފިއެވެ. މިއީ، މިިހާތަނަށް ޗައިނާގައި ބާއްވާފައިވާ އެންމެ ބޮޑު އަސްކަރީ ޕެރޭޑެވެ. ޕެރޭޑު ބައްލަވައިލެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އުތުރު ކޮރެޔާގެ ޒައީމް ކޮމް ޖޮންގް އުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޗައިނާއިން އަސްކަރީ ޕެރޭޑެއް ބާއްވާފައި މި ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އަމާން ދިން ހާދިސާއަށް 80 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަނގުރާމައިގެ ތެރެއިން ޖަޕާނުގެ އިސްތިޢުމާރީ ފައުޖުތަކުން ވަނީ ޗައިނާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ނަމަވެސް، އަމާން ދިނުމާ އެކު، ޗައިނާގެ އެ ސަރަޙައްދުތަކަށް ވަނީ މިނިވަން ކަން ލިބިފައެވެ.
މިއީ، ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ވަކާލާތު ކުރަމުންދާ އެމެރިކާއަށް ޗައިނާގެ އަސްކަރީ ޤާބިލު ކަން ދައްކައިލުމުގެ ގޮތުން ބާއްވާފައިވާ ޕެރޭޑެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ޗައިނާގެ އަސްކަރީ ޕެރޭޑް ބާއްވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތަކާ ގުޅިގެން އެމެރިކާއާއި ބޭރު ދުނިޔެއާ ދެމެދު ނުތަނަވަސް ކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި ގިނަ ޤައުމުތަކާ ދެމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން އުފެދިފައި ވަނީ، ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ބޮޑު ޓެރިފެއް ނުވަތަ އިމްޕޯޓުޑިއުޓީއެއް ނެގުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. ބެއިޖިންގްގެ ޓިއަންމަން މައިދާނުގައި ބޭއްވި ޕެރޭޑުގައި ޝީ ވަނީ ތަޤުރީރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ވަގުތަކީ، ސުލްޙައާއި ހަނގުރާމައާ ދެމެދު ގޮތެއް އިޚްތިޔާރު ކުރުމަށް ދުނިިޔެއަށް ޖެހިފައިވާ ވަގުތެއް ކަމުގައެވެ. “މިއަދު އިންސާނުންނަށް ކުރިމަތިލާން ޖެހިފައި މި އޮތީ ސުލްޙަ ނުވަތަ ހަނގުރާމަ، މަޝްވަރާ ނުވަތަ ކުރިމަތިލުން، އެންމެންނަށް ކާމިޔާބީ ނުވަތަ ނާކާމިޔާބީ، މި ކަންކަމުގެ ތެރެއިން އެއް ގޮތެއް އިޚްތިޔާރު ކުރުމުގެ ވަގުތު،” ޝީ ވިދާޅުވިއެވެ. ޗައިނާއިން އަބަދު ވެސް ދެމި އޮންނާނީ ތާރީޚުގެ ހެޔޮ ފަޅީގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޕެރޭޑުގެ ތެރެއިން ޗައިނާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން އުފައްދާފައިވާ އަދި ބޭނުން ކުރަމުންދާ އެންމެ ފަހުގެ، ޒަމާނީ ހަތިޔާރުތައް ދައްކައިލާފައެވެ. އޭގެ ތެރޭގައި މިސައިލްތަކާއި، އަސްކަރީ ޓޭންކުފަހަރުގެ އިތުރުން ޑްރޯން ފަދަ ހަތިޔާރު ހިމެނެއެވެ. މީގެ އިތުރުން، 70 މިނެޓަށް ދެމިގެން ދިޔަ އަސްކަރީ ޕެރޭޑުގެ ތެރެއިން ޗައިނާގެ ވައިގެ ސިފައިން ބޭނުން ކުރާ ޒަމާނީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ވެސް ދައްކައިލިއެވެ. ޗައިނާއިން ބޮޑު އަސްކަރީ ޕެރޭޑެއް ބޭއްވުމާ ގުޅިގެން ޓްރަމްޕް ވަނީ ސޯޝަލް މީޑިޔާގައި އޭނާގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ. “ތި ބޭފުޅުން އެމެރިކާއާ ދެކޮޅަށް ރޭވުންތައް ރާވަމުންދާއިރު ވްލަޑިމިޔަރ ޕުޓިންއަށާއި ކިމް ޖޮންގް އުނަށް ވަރަށް ވެދުން ދަންނަވާތި،” ޝީއާ މުޚާޠަބު ކުރައްވައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޖަޕާނުގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައި އޮތް ޗައިނާގެ ބިންތައް މިނިވަން ކުރުމުގައި އެމެރިކާގެ އެހީތެރި ކަން ލިބިގެން ގޮސްފައިވާ ކަން ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. ޗައިނާގެ ބިޔަ އަސްކަރީ ޕެރޭޑާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އެ ކަމާ މެދު އެމެރިކާއިން ނުސިހޭ ކަމުގައެވެ. އަދި، އެއީ އެމެރިކާއަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ނުދެކޭ ކަމުގައެވެ. ޗައިނާގެ އަސްކަރީ ޕެރޭޑާ ގުޅޭ ގޮތުން ޖަޕާނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ހަމައެކަނި ބުނެފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ބިނާކުރަނިވި ގުޅުންތަކެއް ޤާއިމުވެފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
