
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނޭޝިޔާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ފުލުހުން ކަރުނަ ގޭހާއި ރަބަރު އުނޑަ ބޭނުން ކުރަން ފަށައިފިއެވެ. އިންޑޮނޭޝިޔާގެ ފުލުހުން މި ތަކެތި ބޭނުންކޮށްފައި ވަނީ ބޫންޑޮންގ ސިޓީގެ ދެ ޔުނިވަސިޓީއެއް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްގައެވެ. އިންޑޮނޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ބޮޑު މުސާރައާއި ދައުލަތުން ބައެއް ކަންކަމަށް ކުރަމުންދާ ޚަރަދާމެދު ނުރުހުން ފާޅު ކުރުމަށް އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި މުޒާހަރާތައް ފަށާފައި ވަނީ އޮގަސްޓު މަހުގެ 25ވަަނަ ދުވަހުއެވެ. އެ މުޒާހަރާތައް ހޫނުވެ އެ ސަރަޙައްދުގައި މިހާރު ހަޅުތާލުކުރުމާއި ލޫޓުވުން އިތުރުވެފައި ވަނީ ފުލުހުންގެ ވެހިކަލަކުން ޢާންމުންގެ މީހެއްގެ ގައިގައި ޖެހި އެ މީހާ މަރުވުމުންނެވެ. އެ މުޒާހަރާތަކުގެ ސަބަބުން ޖަކާޓާއަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ. ފާއިތުވި ހަފްތާގެ ތެރޭގައި މުޒާހަރާތަކުގައި 10 މީހުން މަރުވެފައިވެއެވެ.
އިންޑޮނޭޝިޔާގެ ޑިމޮކްރަސީ ކުރިއެރުވުމުގައި މައިގަނޑު ގޮތެއްގައި އަބަދުވެސް ޙަރަކާތްތެރި ވަނީ އެ ޤައުމުގެ ޔުނިވަސިޓީތަކުގެ ދަރިވަރުންނެވެ. 1998ވަނަ އަހަރު އެ ޤައުމުގެ އޭރުގެ ހުދުމުހުތާރު ރައީސް، ސުހާޓޯ ވެރިކަމުން ދުރުކޮށްފައި ވަނީ ދަރިވަރުން އިސްވެ ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްގައެވެ. ބޫންޑޮންގުގައި ކުރަމުންދާ މުޒާހަރާގައި އިންޑޮނޭޝިޔާގެ ފުލުހުން ރަބަރު އުނޑަ ބޭނުންކޮށްފައިވާ އިރު، މިއީ ފަހުގެ މުޒާހަރާތައް ރޫލައިލުމަށް އެ ފަދަ ސަރަޙައްދެއްގައި ފުލުހުން ރަބަރު އުނޑަ ބޭނުންކޮށްފައިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޒާހަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ އިމާރާތްތަކާއި ސަރުކާރުގެ ވެރިންގެ ގެކޮޅުތައް ކައިރީގައެވެ. އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ މުޒާހަރާތައް ހޫނުވުމަށް ފުލުހުންނާއި އަސްކަރިއްޔާއިން ފުރުޞަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ހެންދްރާ ރޮޝްމަވަން ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީ އޮފް ބޫންޑޮންގ، އަދި ޕަސުންޑަން ޔުނިވަސިޓީގެ ކެމްޕަހުގެ ތެރެއަށް ފުލުުން ވަދެފައި ނުވާ ކަަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ ދަރިވަރުންގެ ގޮތުގައި ނުހިމެނޭ މީހުން އެ ސަރަޙައްދުން ފޮނުވައިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިސްލާމިކް ޔުނިވަސިޓީ އޮފް ބޫންޑޮންގުގެ ދަރިވަރުން ބުނީ ސަލާމަތީ ބާރުތަކުން ސަރުކާރާ ދެކޮޅު ފިކުރުތައް ފާޅުކުރާ މީހުންގެ އަޑު ކަނޑުވައިލަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ކެމްޕަހަށް ފުލުހުން ވަރަށް އަނިޔާވެރިކޮށް ޙަމަލާދީފައިވާ ކަމަށެވެ. ޕަސުންޑަން ޔުނިވަސިޓީގެ ދަރިވަރުން ވެސް ވަނީ ހަމަ އެ ގޮތަށް ބުނެފައެވެ. އެ ޔުނިވަސިޓީގެ އިސްލާމިކް ސްޓޫޑެންޓްސް ޔޫނިއަންގެ ރައީސް، ރަވީވް ތުއަންކު އަލްސަޢީދު ބުނީ ކެމްޕަސްތަކަކީ މިހާރު ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ރަބަރު އުނޑަ އެރުމުގެ ސަބަބުން އެ ޔުނިވަސިޓީގެ ދަރިވަރެއްގެ ޙާލު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށާއި، އޭނާގެ ސާަޖަރީއެއް މިހާރު ހަމަދަމުންދާ ކަމަށް ރަވީވް ބުންޏެވެ.
ޕަސުންޑަންގެ ދަރިވަރެއް ކަމަށްވާ ޔޯގާ ތަދިޔަލަގާ ރުޝިޔަތު ބުނީ ދަރިވަރުން ތިބީ ވަރަށް ހިިތްހަމަނުޖެހިފައި ކަމަށާއި އެ ކެޕްމަހުން 40އަށްވުރެ ގިނަ ކަރުނަ ގޭސް ކެނިސްޓަރު ފެނިފައިވާ ކަމަށެވެ. އެ ދަރިވަރުން އެ ސަރަޙައްދުގައި ތިބީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެެއްޖެ ޙާލަތެއްގައި ޕެރެމެޑިކުންގެ ހައިސިއްޔަތުން އެހީތެރިވާން ކަމަށްވި އިރު، ފުލުހުން އެ ދަރިވަރުންނަށް އަމާޒުކޮށް ވެސް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް އޭނާ ބުންޏެވެ. ރައީސް ސުބިއަންތޯ ވަނީ ލޭބަރ ޔޫނިއަންތަކާ ބައްދަލުކުރައްވައި، މަސައްކަތްތެރިންނާބެހޭ ޤަަވާއިދުތަކާމެދު މަޝްވަރާ ކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ޔޫނިއަންތަކަކީ މުޒާހަރާތަކުގައި ބައިވެރިވެ މަސައްކަތްތެރިންނަށް ދޭ އެންމެ ދަށް އުޖޫރަ މަތި ކުރުމަށް ގޮވާލާފައިވާ ޔޫނިއަންތަކެވެ.
އޮންޑޮނޭޝިޔާ ޓްރޭޑް ޔޫނިއަން ކޮންފެޑެރޭޝަންގެ ރައީސް، ސަޢީދު އިޤްބާލް ވިދާޅުވީ މަސައްކަތްތެރިން އެދޭ ކަންތައްތައް ރައީސްއާ ޙިއްޞާކޮށްފައިވާ ކަމަށެެވެ. އޭގެ ތެރޭގައި އާމްދަނީން ނަގައި ޓެކްސް ކުޑަކުރުމާއި ކުޑަ އުޖޫރައަކަށް މަސައްކަތްކުރުވުން ހުއްޓުވުމާއި ވަޒީފާތައް އައުޓްސޯސް ކުރުން ހުއްޓުވުން ހިމެނެއެވެ. މިއީ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ސުބިއަންތޯގެ ވެރިކަމުގެ ފުރަތަމަ އަހަރު ކަމަށްވާއިރު، މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
