
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން އިތުރަށް ފުޅާކޮށް މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ތައްޔާރުވުމުގެ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން އިތުރު 40،000 ސިފައިން މައިދާނަށް ނެރެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ވަނީ އެ ސަހަރަށް ވަރުގަދަ ޢުދުވާންތައް ދޭން ފަށައިފައެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 75 އިންސައްތަ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިދިޔަ މަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ނިންމާ އެ ކަން އިޢުލާނުކޮށްފައެވެ.
ޔަހޫދީންގެ އެތައް ހާސް ސިފައިން މައިދާނަށް ނެރެފައި މި ވަނީ ޣައްޒާ އިސްތިޢުމާރު ކުރުމަށް ރާވާފައި އޮތް އަސްކަރީ ޙަރަކާތައިގެން ކުރިއަށް ދާނެ ގޮތަކާމެދު ޔަހޫދީ އިސްވެރިންގެ މެދުގައި ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ވަނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމު ކުރުމަށް ބާރުއަޅައިފައެވެ. ނަތަންޔާހޫގެ ރޭވުމައިގެން ކުރިއަށް ގޮސްފި ނަމަ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިިބި ޔަހޫދީ އަސީރުންނަށް ގެެއްލުން ލިބިދާނެ ކަމަށާއި ޔަހޫދީ އަސްކަރިއްޔާއަށް އޮންނަ ބުރަ އިތުރުވެދާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މައިދާނަށް ނިކުތުމަށް ހަމަޖެހިފައިވާ ޔަހޫދީ ސިފައިންގެ މެެދުގައި ވެސް އައު އަސްކަރީ ޙަރަކާތާމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ހަނގުރާމައިގެ ސާފު އަމާޒެއް ނެތް ކަމަށް ބައެެއް މީހުން ފާހަގަކޮށްފައިވާ އިރު، ހަނގުރާމައިގެ ފަހުން ޣައްޒާއާމެދު ޢަމަލު ކުުރުމަށް ރާވާފައިވާ ގޮތަކާއި ހަނގުރާމަ ކާމިޔާބުވީ ކަމަށް ނިންމޭނީ ކޮން ހިސާބަކުންކަން ސަރުކާރަށް ސާފުކޮށް ބުނެނުދެވޭ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ޔަހޫދީން ޢުދުވާން ފެށީއްސުރެ މިހާތަނަށް ޣައްޒާގެ 63,600 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 100އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 35 މީހުން ޝަހީދުކޮށްލާފައި ވަނީ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ޣައްޒާ ސިޓީގައެވެ. ޝަހީދުވި މީހުުންގެ ތެރޭގައި ނޫސްވެރިއެއް ކަމަށްވާ ރަސްމީ ސަލީމް ވެސް ހިމެނެއެވެ. ޣައްޒާ ޢުދުވާނުގައި މިހާތަނަށް 248 ނޫސްވެރިން ޝަހީދުކޮށްލާފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ބަނޑަށް ޖެހުމުގެ ސަބަބުން ވެސް އިތުރު 13 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. އެއާއެކު ޢުދުވާން ފެށި ފަހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްަޒާގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ 361އަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
