
ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރޭންކިންގައި ކުރިއެރުން ހޯދުމަށް ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ. އެ ޖަމާއަތުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ ލަންކާގެ ފުޓްބޯޅަ މިހާރު ވަނީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ރާއްޖެއާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަކީ މުހިންމު ތަޖުރިބާއަކަށްވާނެ ކަމަށެވެ. ލަންކާ މި ވަގުތު އޮތީ ފީފާ ރޭންކިންގެ 196 ވަނާގަ އެވެ. ރާއްޖެ އޮތީ ރާއްޖެ އޮތީ 171 ވަނާގަ އެވެ. ޖަސްވަރު ވިދާޅުވީ ރާއްޖެ އާއި ލަންކާ މި މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ކުޅޭ ދެ މެޗުން މޮޅުވާ ޓީމަކަށް ތައްޓެއް ހުށަހެޅީ ވެސް ފޯރިގަދަ ކުރުމަށް ކަމަށެވެ.
“އަހަރުމެން ބޭނުންވަނީ ފީފާ ރޭންކިންގައި ކުރިއަށްދާން. އަހަރުމެން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަނީ އެ ކަން ކާމިޔާބު ކުރަން. ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗަކީ އަހަރުމެންނަށް ކާމިޔާބު ނުކުރެވޭނެ މެޗުތަކެއްނޫން. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އެ މީހުން މޮޅުވީ ވަރަށް ހަނިގޮތަކަށް،” ޖަސްވަރު ވިދާޅުވި އެވެ. ޖަސްވާރު އުމަރު ވިދާޅުވީ މި ދެ މެޗަށް ދީފައިވާ ނަމަކީ ދެކުނުއޭޝިޔާގެ ސުޕަ ކަޕް އެވެ. މި ގޮތަށް ހެދީ ކުރިން ބާއްވަން އުޅުނު މުބާރާތްކެންސަލްވި ނަމަވެސް މެޗުގެ ފޯރިގަދަކޮށް ވާދަވެރިކަން ބޮޑުކުރުމަށެވެ.
ލަންކާ އާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗުކުލޭނީ އަންނަ އަންގާރަ ދުވަހު އެވެ. ޖަސްވާރު ވިދާޅުވީ ލަންކާގެ އަމާޒަކީ މި ދެ މެޗުން ވެސް މޮޅުވުން ކަމަށެވެ. މި މެޗަށް ލަންކާ ޓީމު ވެސް މިހާރު ވަނީ ފަރިތަކުރަންފަށައިފަ އެވެ. އަދި ރާއްޖޭގެ ގައުމީ ޓީމު ވެސް ވަނީ ޒުވާން ޓީމަކާއެކު ތައްޔާރުވާން ފަށައިފަ އެވެ. ޓީމުގެ އައު ކޯޗަކީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
