
(ފޮޓޯ ކްރެޑިޓްސް: ފިފްޕްރޯ)
ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަކީ އަމިއްލަ ގައުމުގައި މެސީ އާޖެންޓީނާ އަށް ކުޅޭނެ ރަސްމީ ފަހު މެޗު ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކެލޯނާ ބުނެފި އެވެ. މިރޭ ރާއްޖެ ގަޑިން ފަތިހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އާޖެންޓީނާ ނިކުންނައިރު ގައުމީ ޖާޒީގައި އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެސީ ކުޅޭ ރަސްމީ ފަހު މެޗަށް މި މެޗު ވެގެންދާއިރު މެސީ އަށް މި މެޗު ހާއްސަ ކުރުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފަ އެވެ. 2005 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެން ފެށި ފަހުން ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި މެސީ ވަނީ ގައުމީ ޓީމަށް ކުޅުނު 193 މެޗުގައި 112 ލަނޑު ޖަހާފަ އެވެ.
ކޯޗު ލިއޮނެލް ސްކެލޯނާ ބުނެފައިވަނީ މިއީ އާޖެންޓީނާގައި މެސީ ކުޅޭ ރަސްމީ ފަހު މެޗަށްވީ ނަމަވެސް ކުރިއަށް އޮތް ވޯލްޑްކަޕްގެ ކުރިން އާޖެންޓީނާގައި އެކުވެރިކަމުގެ މެޗެއް ރާވާ އެ މެޗުގައި މެސީ ކުޅުމަކީ ވެދާނެ ކަމެއް ކަމަށެވެ. ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުމަށްފަހު އަންނަ ހަފްތާގައި ކޮލިފައިންގެ ފަހު މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ އިކުއެޑޯ އާއި ދެކޮޅަށެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު އެ މުބާރާތުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
