
ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޗިލީ އާއި ދެކޮޅަށް ބްރެޒިލް ނިކުންނާނީ އެޓޭކަށް އިސްކަން ދީގެން ހަތަރު ފޯވަޑުން ހިމެނޭ ގޮތަށް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ. އަންނަ އަހަރު އެމެރިކާ, މެކްސިކޯ އަދި ކެނެޑާގައި ގުޅިގެން ބާއްވާ ވޯލްޑްކަޕްގެ ކޮލިފައިންގެ ފަހު ދެ މެޗަށް ބްރެޒިލް ތައްޔާރުވަމުންދާއިރު އެ ގައުމު އޮތީ މިހާރުވެސް ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ. މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮއްޓީ ބުނެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އޮގޮތަށް ކުޅުންތެރިން ތަމްރީނު ކޮށްފައިވާ ކަމަށާއި މި މެޗުގައި ޗިލީ އާއި ދެކޮޅަށް ނިކުންނާނީ އެޓޭކަށް އިސްކަން ދީގެން ކަމަށެވެ.
“އަހަރެން ކުޅުންތެރިން ޓެސްޓްކޮށްފިން. މީގެ އެންމެ މުހިންމު ބޭނުމަކީ އެންމެ ފަހުން ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ގެންގުޅުނު ގޭމް ޕްލޭނަށް މާބޮޑެތި ބަދަލުތަކެއް ނުގެނެސް މި މެޗުގައި ކުޅުން.” އެންޗެލޮއްޓީ ބުންޏެވެ. ޗިލީ އާއި ބޮލީވިއާ އާއި ދެކޮޅަށް ބްރެޒިލް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ނޭމާ އާއި ވިނިޝިއަސް ޖޫނިއަރ އަށް ފުރުސަތު ދީފައިނުވާއިރު, މި ދެ މެޗުގައި ބްރެޒިލްގެ އެޓޭކް ބަލަހައްޓާނީ އެސްޓެވާއޯ ވިލިއަމް އާއި ގެބްރިއެލް މާޓިނޭލޯ އަދި ޖޮއާއޯ ޕެޑްރޯގެ އިތުރުން ރަފީނިއާ އެވެ. ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށްފަހު އަންނަ ހަފްތާގައި ރަށުން ބޭރުގައި ބްރެޒިލް ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
