
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫދާންގެ ހުޅަނގަށް ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން، ފަރުބަދަ މަތީ ސަރަޙައްދެއްގެ ބިންގަނޑު ކެނޑި، 1,000އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބިންގަނޑު ކެނޑުމުގެ ހާދިސާގައި ޖަބަލު މުއްރަތު ސަރަޙައްދުގައި އޮންނަ ތާރްސީން އަވަށް ވަނީ މުޅިން ސުންނާފަތިވެފައެވެ. އެއީ، ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ސޫދާން ލިބެރޭޝަން މޫވްމަންޓް/އާމީ (އެސްއެލްއެމް/އޭ)ގެ ކޮންޓުރޯލުގެ ދަށުގައި އޮތް ސަރަޙައްދެކެވެ. އެ ޖަމާޢަތުން ބުނީ، ބިންގަނޑު ކެނޑި، ތަރްސީން އަވަށް ސުންނާފަތިވި ހާދިސާއިން ސަލާމަތްވެފައި ވަނީ އެ އަވަށުގެ އަހުލުވެރިންގެ ތެރެއިން އެންމެ މީހެއް ކަމުގައެވެ. އަދި، ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމާޢަތުން ވަނީ އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ގޮވައިލާފައެވެ. އެ ޖަމާޢަތުން ބުނީ، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ.
އެ ޖަމާޢަތުގެ ވެރިޔާ ޢަބްދު އަލް-ވާޙިދް މުޙައްމަދު ނޫރު ބުނީ، ތާރްސީން އަވަށް ކުރިމަތިވި ފަދަ ނުރައްކާތެރި ހާދިސާއެއް، އެ ސަރަޙައްދުގައި އޮތް އެހެން އަވަށްތަކަށް ކުރިމަތިވެދާނެ ކަމުގެ ހިރާސް ބޮޑު ކަމުގައެވެ. އަދި، އެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެ ކަމާ މެދު ކަންބޮޑުވާ ކަމުގައެވެ. އެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުން މުހިންމު ކަމުގައި ވެސް އޭނާ ބުންޏެވެ. ސޫދާންގެ ހުޅަނގުގެ ސަރަޙައްދުގައި ބިންގަނޑު ކެނޑުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައި މި ވަނީ، އެ ޤައުމުގައި އަހުލީހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމައިގެ ދެ ފަރާތުގައި ތިބީ، އެ ޤައުމުގެ އަސްކަރިއްޔާއާއި އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތެއް ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފެ)ވެ. ނަމަވެސް، އެސްއެލްއެމް/އޭން ހަނގުރާމައިގައި އެއްވެސް ވަރަކަށް ބައިވެރިވެފައެއް ނެތެވެ. އަދި، އެއްވެސް ފަރާތަކަށް ތާޢީދު ކޮށްފައެއް ވެސް ނެތެވެ.
މި ވަގުތު ސޫދާންގެ އަސްކަރިއްޔާއާއި އާރްއެސްއެފާ ދެމެދު އެންމެ ވަރުގަދަ ޙަަމަލާތަކެއް ބަދަލު ކުރަމުން ދަނީ އުތުރު ދަރްފޫރު ސަރަޙައްދުގައެވެ. ދެ ފަރާތުން ވެސް މަސައްކަތް ކުރަމުން ދަނީ އުތުރު ދަރްފޫރުގެ ވެރިރަށް، އަލް-ފާޝިރްގެ ކޮންޓުރޯލު ނެގުމަށެވެ. އެ ސަރަޙައްދު މި ވަގުތު އޮތީ ސޫރިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ. ނަމަވެސް، އާރްއެސްއެފްގެ ފައުޖުން ވަނީ އެ ސަރަޙައްދު ވަށައިލާފައެވެ. އަދި، އެ ޖަމާޢަތުން ދަނީ އެ ރަށަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް އަލް-ފާޝިރްގައި ދިރިއުޅޭ އެތަކެއް ސަތޭކަ އާޢީލާއަކުން ވަނީ ޖަބަލު މުއްރަތު ސަރަޙައްދަށް ދަތުރު ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުން ކާބޯތަކެއްޗާއި، ސާފު ބޯފެނުގެ އިތުރުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި، ބޭސްފަރުވާގެ ސާމާނު ވަނީ ހުސްވެފައެވެ. މިއާ އެކު، އެ ސަރަހައްދުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކު މި ވަގުތު ތިބީ ހާލުގައި ޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
