
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ގޮންޖަހައި، ފަލަަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމެއް ކަމުގައިވާ ބެލްޖިޔަމުން ނިންމައިފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު މެކްސީމް ޕްރެވޯއެވެ. ބެލްޖިޔަމުން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައި ވަނީ މި މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ. ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބެލްޖިޔަމުން ނިންމާފައި މި ވަނީ، ޔަހޫދީންގެ ތާރީޚީ އެކުވެރިންގެ ގޮތުގައި ބެލެވޭ ބައެއް ޤައުމުތަކުން ވެސް ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުތަކަކީ ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އަދި ކެނެޑާއާއި އޮސްޓްރޭލިޔާއެވެ. އޭގެ ތެރެއިން ފަރަންސޭސިވިލާތަކީ އީޔޫގެ މައި ބާރެކެވެ. އަދި، އިނގިރޭސިވިލާތަކީ ހުޅަނގުގެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމުގެ ގޮތުން އެކުލަވައިލާފައިވާ ‘ނިއި ޔޯކް ޑެކްލަރޭޝަން’ ޤަރާރުގައި ސޮއި ކުރުމަށް ބެލްޖިޔަމްގެ ސަރުކާރުން ނިންމާފައިވާ ކަން ޕްރެވޯ ހާމަ ކުރައްވާފައި ވަނީ އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޤަރާރާ އެކު، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނާއި މުސްލިމުންނަށް މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަށް މަގު ކޮށައިދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނާނެ ކަން އިޢުލާނު ކުރަމުންދާ ޤައުމުތަކުގެ އަދަދު އިތުރުވަމުން ދިޔުމާ އެކު ޒަޔަނިސްޓު އިސްރާއީލް ވަނީ ރުޅިގަދަވެފައެވެ. ޕްރެވޯ ވިދާޅުވީ، ފަލަސްޠީނުގެ މިިނިވަން ކަން ބަލައިގަތުމަށް ބެލްޖިޔަމުން ނިންމާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ އިންސާނީ މުސީބާތާ ދެކޮޅު ހެދުމުގެ ގޮތުން ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން ކަމުގައެވެ.
އދގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސް ކުރަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާއިންނެވެ. މިއީ، ޣައްޒާ ނަަސްލުހޭދު ކުށްވެރިކޮށް، ފަލަސްޠީނުގެ އިތުރު ބިންތައް ފޭރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމުގެ އިތުރުން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ވެސް ބެލްޖިޔަމްގެ ސަރުކާރުން ވަނީ ނިންމާފައެެވެ. މި ގޮތުން، 12 ފިޔަވަޅެއް އެޅުމަށް ފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީ ވަޒަންވެރިންނާއި، އެ ބިންތަކުގައި ޤާއިމު ކޮށްފައިވާ ކުންފުނިތަކުން އުފައްދާ މުދާ، ބެލްޖިޔަމަށް އެތެރެ ކުރުން މަނާ ކުރުން ހިމެނެއެވެ.
ޣައްޒާ ނަސްލުހޭދު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
