
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާންގެ އިރުމަތީ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 812އަށް އުފުލިއްޖެއެވެ. އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރުގެ އިދާރާތަކުން ބުނީ، ބިންހެލުމާ ގުޅިގެން ގެދޮރު ވެއްޓި، ލިބުނު ގެއްލުމުގައި އަނިޔާވި މީހުންގެ އަދަދު ވެސް 2,800އަށް އުފުލިފައިވާ ކަމުގައެވެ. ރިކްޓަރ މިންގަނޑުން 6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ އިރުމަތީ ކޫނާރާއި ނަންޣަރްހަރް ޕުރޮވިންސަށެވެ. އެއީ، އެއްގަމު މަގުން ދަތުރު ކުރުމަށް އުނދަގޫ، ފަރުބަދަ މަތީ ސަރަޙައްދެކެވެ. އަފްޣާނިސްތާނަކީ މި ވަގުތު ވެސް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. އެއް ސަބަބަކީ، ޠާލިބާނުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ވެރިކަން ފޭރިގަތުމެވެ. އެއާ އެކު، ބޭރު ޤައުމުތަކުގެ އެހީ އެ ޤައުމަށް ހުއްޓުނެވެ. އަދި، އެމެރިކާއިން އިސްނަގައިގެން އެ ޤައުމަށް އަރައިގަނެ، ކުރި ދިގުލައިގެން ދިޔަ ހަނގުރާމައަށް ފަހު ޤައުމު އަލުން އާރާސްތު ކުރުމުގެ މަސައްކަތަަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ބޭރުގެ އެހީ ލިބުން ހުއްޓިފައިވާ މި ދަނޑިވަޅުގައި، ހަނގުރާމައިން ސަލާމަތްވުމަށް ބޭރު ޤައުމުތަކަށް ހިޖުރަ ކުރި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެނބުރި ވަޒަނަށް ދަތުރު ކުރުމަށް ވެސް މަޖުބޫރުވެފައެވެ.
ކޫނާރާއި ނަންޣަރްހަރަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުތައް އުފުލެމުން ދިޔުމާ އެކު ޠާލިބާން ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. ޠާލިބާން ސަރުކާރުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ޝުރުފާތު ޛަމާން ބުނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމުގައެވެ. “މި ސަރަޙައްދުގައި ގިނަ ބަޔެއްގެ ފުރާނަ ގެއްލި، އެ މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ބޭރުގެ އެހީގެ ބޭނުންތެރިކަން ވަރަށް ބޮޑު،” އޭނާ ބުންޏެވެ. ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޕާކިސްތާންގެ ސަރަޙައްދީ ރޮނގާ ގުޅޭ ހިސާބުގައި އޮތް އަފްޣާނިސްތާނުގެ ރަށްތަކާއި އަވަށްތަކަށެވެ. އެ ސަރަޙައްދުތަކުގެ މަގުތަކާއި، ޢާންމުންގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އަދި، މުއާޞަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ޠާލިބާން ސަރުކާރުން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
“ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ވަނީ ބޯކޮށް ވާރޭވެހިފައި. އެއާ އެކު ބިންގަނޑު ކެނޑުމާއި، ކިސަޑު ފޭބުމުގެ ހިރާސް ވަނީ އިތުރުވެފައި، ގިނަ މަގުތައް ބަންދުވެފައި ވަނީ އެ ސަބަބުތަކާ ގުޅިގެން،” އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (ޔޫއެންއޯސީއެޗްއޭ)ގެ އޮފިޝަލެއް ކަމުގައިވާ ކޭޓް ކެރީ ވިދާޅުވިއެވެ. އެ ސަރަޙައްދުތަކުގައި ބަލިމަޑުކަމެއް ޢާންމުވުމުގެ ހިރާސް އޮތުމާ އެކު، ބިންހެލުމާ ގުޅިގެން މަރުވެފައިވާ ނައަމްސޫފި ވަޅުލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޠާލިބާނުންގެ ދިފާޢީ ވުޒާރާއިން ބުނީ، ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އަނިޔާވެފައިވާ މީހުން ހަސްފަތާލުތަކަށް ގެންދިޔުމަށް އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންދާ ކަމުގައެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ފޭރިގަތް ފަހުން އެ ޤައުމަށް އައިސްފައިވާ ތިންވަނަ ނުރައްކާތެރި ބިންހެލުމެވެ. އަފްޣާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ފަސްޖެހެމުން ދަނީ، ޠާލިބާން ސަރުކާރުން އެ ޤައުމުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކަށް އަރަގަންނަމުންދާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
