
ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޓީމުތަކުން ރިކޯޑު މިންވަރަކަށް ހޭދަކޮށްފިއެވެ. ދުނިޔޭގެ އެންމެ މަގުބޫލު ލީގުގެ 20 ކުލަބުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުރި ހޭދަ ވަނީ 3.19 ބިލިޔަން ޕައުންޑަށް އަރައިފަ އެވެ. މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ހޭދައެއް ކުރީ ޗެމްޕިއަން ލިވަޕޫލުންނެވެ. ޖުމުލަ 446.5 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު، ލިވަޕޫލުން ވަނީ ލީގުގެ ރެކޯޑް އަދަދެއް ކަމަށްވާ 125 މިލިއަން ޕައުންޑް ދީފައި ނިއުކާސަލްގެ ފޯވަޑް އެލެގެޒެންޑާ އިސާކް ވެސް ގަނެފަ އެވެ. އަދި ބަޔާ ލެވަކޫސެން އިން އެޓޭކިން މިޑްފީލްޑަރު ފްލޯރައިން ވާޓްސް ގަތީ ވެސް 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ. މީގެ އިތުރުން ލިވަޕޫލުން ވަނީ ލުއިސް ޑިއާޒް އާއި ޑްރަވިން ނޫނޭޒް ވިއްކާލައިފަ އެވެ. މިހެންވެ ލިބުނު އާމްދަނީ ކަނޑާލުމުން ލިވަޕޫލުން ކުރި ހޭދަ އުޅެނީ 228 މިލިއަން ޕައުންޑްގަ އެވެ.
ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޗެލްސީ އެވެ. އެ ކުލަބުން 285 މިލިއަން ޕައުންޑް ވަނީ ހޭދަކޮށްފަ އެވެ. ހުސްވި ތިން ސީޒަނުގައި ތައްޓަށް އެންމެ ބޮޑަށް ވާދަކުރި އާސެނަލް ކުރި ހޭދަ ލައްވާނީ ތިން ވަނާގަ އެވެ. އެ ކުލަބުން 255 މިލިއަން ޕައުންޑް ހޭދަކުރި އެވެ. މިއާ ހިލާފަށް ކުޅުންތެރިން ވިއްކައިގެން ކޯޗު މިކޭލް އާޓެޓާގެ ޓީމަށް ލިބުނީ އެންމެ ނުވަ މިލިއަން ޕައުންޑެވެ. ގަދަ ހަޔެއްގައި ނުހިމެނޭ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް އާއި ނޮޓިންހަމް އަދި ފޮރެސްޓެވެ. އިސާކް ވިއްކާލި ނަމަވެސް ނިއުކާސަލްގެ ނެޓް ސްޕެންޑް އުޅެނީ 98 މިލިއަން ޕައުންޑް ގެއްލުމުގަ އެވެ. ނޮޓިންހަމް ފޮރެސްޓުން ވެސް 205 މިލިއަން ހަރަދުކުރިއިރު ކުޅުންތެރިން ވިއްކައިގެން ފައިދާއެއްނުވި އެވެ. މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިން ގަތުމަށް 250 މިލިއަން ޕައުންޑް ހޭދަކުރި އެވެ.
އިނގިރޭސި ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރި ލީގު ވެސްމެ އެވެ. އެ ލީގުން 3.19 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ އިޓާލިއަން ލީގުންނެވެ. އެ ލީގުން 1 ބިލިއަން ޕައުންޑް ހޭދަކުރިއިރު ރެއާލް މެޑްރިޑާއި ބާސެލޯނާ ހިމެނޭ ސްޕެނިޝް ލީގުން ހޭދަކުރީ މީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އެއީ އެންމެ 591 މިލިއަން ޕައުންޑެވެ. ޖަރުމަނުގެ ބުންޑަސް ލީގާއިން 739 މިލިއަން ހޭދަކުރި އެވެ. އަދި ފްރާންސް ލީގުން 552 މިލިއަން ޕައުންޑް ހޭދަކޮށްފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
