
(ފޮޓޯ ކްރެޑިޓްސް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް)
ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ. މި ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ. އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ އެ ކުންފުނީގެ ރިސޯޓުތަކުން ހިދުމަތް ދެނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް ބޮޑަށް އަމާޒު ކޮށްގެން ކަމަށެވެ. މިހާރު ވެސް އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30-40 ޕަސެންޓަކީ ސޯލާ ޕެނަލްގެ އެހީގައި އަވިން އުފައްދާ ހަކަތަ ކަމަށް އޭނާ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް)
ޓޫރިޒަމް ކުރިއަރާފައިވާއިރު، ރާއްޖޭގެ ޓޫރިޒަމަށް އެންމެ އަގުހުރި އެއް ވަސީލަތް ކަމަށްވާ ކަނޑާއި އެ ކަނޑުގެ ދިރުންތައް ހިމަޔާތް ކުރުމާއި އޭގެ އިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޖަވަކަރާގައި ހުޅުވި މި ރިސާޗު ސެންޓަރަކީ ވެސް ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް އެ ކުންފުނިން އިސްކަންދީ، އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެށީގެ އިލްމާއި ދިރާސާތައް މުހިންމު ރޯލެއް އަދާކުރާތީ، މި ދާއިރާ އިން ރާއްޖެ އަށް ކުރިއެރުން ވަރަށް ބޮޑަށް ބޭނުންވާ އިރެއްގައި، ޖަވަކަރާއިން މި ރިސާޗު ސެންޓަރު ހުޅުވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުން އިސްނަގައިގެން މި ފަދަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ޅ. އަތޮޅަކީ ބަޔޮސްފިޔާ ރިޒާވަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވެސް މި ފަދަ ރިސާޗު ސެންޓަރެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް)
މި ރިސާޗު ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާ ކުރުމަށް ފަސް ލެބޯޓަރީއެއް ހަދާފައިވެ އެވެ. އަދި ކަރަންޓީން ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމްތައް ވެސް ހުރެ އެވެ.
ފުރަތަމަ “އެޓޯލް މޯލްޑިވްސް ވޯކްޝޮޕް”
ޖަވަކަރާގައި މެރިން ރިސާޗު ސެންޓަރެއް ހުޅުވީ، ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ “އެޓޯލް މޯލްޑިވްސް ވޯކްޝޮޕް” ނުވަތަ ކޮންފަރެންސާ ވެސް އެކުގަ އެވެ. “އެޓޯލް މޯލްޑިވްސް ވޯކްޝޮޕް”ގައި މައިގަނޑު ގޮތެއްގައި ހުށަހަޅައި ދެނީ އަތޮޅުތައް އުފެދިފައި ހުންނަ ގޮތާއި އެ ތަންތަނުގެ ދިރުންތަކާ ގުޅޭ ދިރާސާތަކާއި ހޯދުންތަކެވެ. އަދި މިއީ، މި މައުލޫއު އަށް މި ގޮތަށް ބާއްވާ ފުރަތަމަ ކޮންފަރެންސް ކަމަށް މި ރިސޯޓުން ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް)
މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 28 ސައިންސްވެރިން އަންނަނީ އެ މީހުންގެ ހޯދުންތަކާއި ދިރާސާތައް ހިއްސާ ކުރަމުންނެވެ. އޭގެ ތެރޭގައި މެރިން ބަޔޮލޮޖީ، އައިލެންޑް އިކޮލޮޖީ، އާތު ސައިންސް އަދި ސޯޝަލް ސައިންސްގެ ދާއިރާ އަށް ހާއްސަ، ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ މަޝްހޫރު ބައެއް ޖަމިއްޔާތަކުގެ ސައިންސްވެރިން ވެސް ހިމެނެ އެވެ. ސައިންސްވެރިންގެ ބައެއް ސެޝަންތައް އިއްޔެ ބާއްވާފައިވާއިރު، މިއަދު ވެސް ބައެއް ސެޝަންތައް ކުރިއަށް ގެންދާނެ އެވެ.
ޓާޓަލް ހެލްތު އިންސްޓިޓިއުޓެއް
ވެލާކަހަނބަށް ފަރުވާދިނުމަށް ހާއްސަ ކޮށްގެން، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓާ ގުޅިގެން “ޓާޓަލް ހެލްތު އިންސްޓިއުޓެއް” ވެސް މި ރިސާޗު ސެންޓަރުގައި އަންނަނީ ހަދަމުންނެވެ. އެ މަސައްކަތް އަންނަ މަހަށް ނިމޭނެ އެވެ. ޖަވަކަރާ އިން ބުނި ގޮތުގައި، މި ޓާޓަލް ހެލްތު އިންސްޓިޓިއުޓް ހަދަމުން އަންނަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށާއި ސްޓެމް ސެލް ތެރަޕީ އާއި އެ ނޫން ވެސް އެންމެ އެޑްވާންސް ޓާޓަލް ޓްރީޓްމަންޓް މި އިންސްޓިޓިއުޓްގައި ހިންގޭނެ ވަސީލަތްތައް ގާއިމްކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
