
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތިލަފުށީގައި ތަރައްޤީކުރާ ކޮންޓައިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގައިގެން ތަނެކެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ވިދާޅުވީ، ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއްލުމާއި، އިތުރު 15 މީޓަރުގެ ތޮއްޓެއްލުމުގެ މަސައްކަތުގެ އިތުރުން، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތް ނިމުމާއެކު އެމްޕީއެލްއިން އެތަނުގައި ވޯރކްޝޮޕާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިޓް ޕޯސްޓައް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އަމާޒަކީ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އައު ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުތެރޭ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެޕްއެލްއިން ދަނީ ކުރަމުންނެވެ. އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ މަސައްކަތުގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމޭއިރު، މާލެ ވިޔަފާރި ބަނދަރަށް އަދި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެކަމަށް އެމްޕީއެލްއިން ޤަބޫލުކުރައްވައެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
