
(ފޮޓޯ ކްރެޑިޓްސް: އިމާރާތް ކުރުމާއިބެހޭ ވުޒާރާ)
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 72 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މާލޭ އުތުރުން ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ. ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. މިހާތަނަށް އައިރު މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތެވެ. މިއީ މަގު ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ނިމުމުން، މަގަށް ބޭނުންވާ ހިއްކުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެއެވެ. އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި އެސަރަޙައްދުގެ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު ސަރަޙައްދު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ހަދާއިރު 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެސަރަޙައްދުގެ މަގުގެ ތާރުއަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައެވެ. ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫޢު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ސަރުކާރުން ވިދާޅުވީ، މި މަޝްރޫޢާއެކު މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މި ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށެވެ. މިގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސް އަދި ވިޔަފާރިތަކާއި މާލޭ މަސްމާރުކެޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހުންނަ މިސަރަޙައްދު ތަރައްޤީވުމާއެކު ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
