
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ މިއަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމުގެ ސަބަބުން ގެނެވުނު ބަދަލެއްކަމަށް ވީއެމްސީއިން ވިދާޅުވެއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައިވަނީ ނޫ އުޑާއި، ކަނޑު އަދި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށްކަމަށެވެ. އަދި މި ލޯގޯގައި ދޫނި ސޫފާ ސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގެރޭސި އަކުރުން ވަނީ ލިޔެފައެވެ.
މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށްވެސް މި ބްރޭންޑިގގެ ތެރޭގައި ހިމެނޭކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑީވްސް)
31 އޮގަސްޓް 2025ން ފެށިގެން ވީއެމްސީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކާއި، ވަސީލަތްތަކެއްގައިވެސް ބޭނުން ކުރަމުންދާނީ އަލަށް ފަރުމާކުރެވުނު ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތައްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި މި އުންސުރުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދަމަހައްޓަންކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. މި ލޯގޯ ބޭނުންކުރަމުންދާނީ ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް އެ ކޯޕަރޭޝަނުން ގެންގުޅޭ “މޯލްޑިވްސް” އަދި “މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް”ގެ ބްރޭންޑިންގް ތަކާއިއެކުގައިކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން މައުލޫމާތުދެއްވައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަކީ “މޯލްޑިވްސް” ބްރޭންޑާއި “މޯލްޑިވްސް. ދަ ސަނީ ސައިޑް އޮފް ލައިފް” ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
