
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ސްޓާޓްއަޕް ގްރާންޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އަލަށް ފަށާ އަދި 1 އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ބީއެމްއެލުން ހުޅުވާލާފައިވަނީ އަލަށް ފަށާ 3 ވިޔަފާރިއަކަށް ސްޓާޓްއަޕް ގްރާންޓް ދިނުމަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ ދޫކުރާ ފައިސާއެވެ. ބީއެމްއެލުން ވިދާޅުވީ މި ގްރާންޓަށް އެދުމުގެ ފުރުސަތު 7 ސެޕްޓެމްބަރ ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަަށެވެ. މި އެހީ ހޯދުމަށްޓަކައި ވިޔަފާރި ހިޔާލަކާއެކު ވިޔަފާރި ޕްރޮޕޯސަލެއް ބީއެމްއެލްއަށް ހުށައަޅަންޖެހޭނެއެވެ.
ބީއެމްއެލުން ވިދާޅުވީ މިއީ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާވާ ފުރުސަތެއްކަމަށެވެ. މި ގްރާންޓް ލިބޭ ވިޔަފާރިތައް ބީއެމްއެލުން ހޮވާނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަށް ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެކުރިންވެސް ބީއެމްއެލުން ވަނީ ސްޓާޓްއަޕް ގްރާންޓް ފޯރުކޮށްދީފައެވެ. އަދި މި ގްރާންޓުން ފަށާފައިވާ ވިޔަފާރިތައް މިހާރު ކާމިޔާބުކަމާއިއެކު ދަނީ ކުރިއަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
