
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ސްޓޭޓް ޝިޕިންގ)
އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް،މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. މި ކިއު ތައާރަފްވުމާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. މިބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޕީއެލުން ވަނީ މި ކިއުގައި ބައިވެރިވުމަށް އެ ކުންފުނީގެ ވެބަސައިޓުން ފޯމް ޑައުންލޯޑުކޮށް ފުރުމަށްފަހު އޮފީހަށް ހުށަހެޅުމަށް އެދިފައެވެ. އެމްޕީއެލްއިން ވަނީ މި ކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރ ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.
މީގެ އިތުރުން މި ކިއުގައި ބައިވެރިވުމަށް ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއަކަށް ވާންޖެހުމާއި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަކަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެމްޕީއެލުން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
