
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
14 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސޫރިޔާއިން ތެޔޮ ބޭރުކޮށްފިއެވެ. ވިޔަފާރު ކުންފުންޏަކާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ސޫރިޔާއިން ވަނީ އެ ޤައުމުގެ ޠަރްޠޫސް ބަނދަރުން 600،000 ފީފާގެ ސާފުނުކުރާ ތެޔޮ ބޭރުކޮށްފައެެވެ. 2010ވަނަ އަހަރުގެ ތެރޭގައި ސޫރިޔާއިން ދިޔައީ ދުވާލެއްގެ މައްޗަށް 380،000 ފީފާގެ ތެޔޮ ބޭރުކުރަމުންނެވެ. އޭގެ އަހަރެއް ފަހުން އެ ޤައުމުގެ އޭރުގެ ރައީސް ބައްޝާރު އަލްއަސަދާ ދެކޮޅަށް އާންމުން މުޒާހަރާތައް ފަށައި، އެ މުޒާހަރާތައް ހޫނުވެ އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ވަނީ ފެށިފައެވެ. 14 އަހަރަށް ދެމިގެންދިޔަ މި ހަނގުރާމައިގައި ސޫރިޔާގެ އިޤްތިޞާދު ފުނޑުފުނޑުވެ، މުޅި ޤައުމު ވަނީ ސުންނާފަތިވެފައެވެ. އެ މުއްދަތުގައި އެ ޤައުމުން ތެޔޮ ބޭރުކުރުން ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމުން، ޤައުމުގެ ހިންގުމާ ޙަވާލުވެފައިވާ އައު ސަރުކާރުން ވަނީ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖަހާނެ ކަމަށް ބުނެފައެވެ.
ސޫރިޔާގެ ހަކަތައާބެހޭ ވުޒާރާގެ ގޭހާއި ތެލާ ބެހޭ އެސިސްޓަންޓް ޑިރެކްޓަރު، ރިޔާދު އަލްޖުބާސީ ބުނީ އެ ޤައުމުން ތެޔޮ ވިއްކާފައި ވަނީ ބީ ސަރވް އެނަރޖީ ކިޔައި ކުންފުންޏަކަށް ކަމަށެވެ. ބީ ސަރވް އެނަރޖީއަކީ ބައިނަލްއަޤްވާމީ ތެޔޮ ވިއްކާ ކުންފުންޏެއް ކަމަށްވާ ބީބީ އެނަރޖީއާ ގުޅުންހުރި ކުންފުންޏެކެވެ. ސޫރިޔާގެ ހަކަތައާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ތެޔޮ ބޭރުކޮށްފައި ވަނީ ނިސޮސް ކްރިސްޓިއާނާ ކިޔައި ތެޔޮ ޓޭންކަރެއްގައި ކަމަށެވެ. އެ ތެޔޮ ނަގާފައި ވަނީ ސޫރިޔާގެ އެކި ތެޔޮ ދަނޑުތަކުން ކަމަށް އަލްޖުބާސީ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ތެޔޮ ދަނޑުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ. ސޫރިޔާގެ ގިނަ ތެޔޮ ދަނޑުތައް އޮންނަނީ އެ ޤައުމުގެ އިރުއުތުރުގައެވެ. އެ ސަރަޙައްދުގައި ހިނގަނީ ކުރުދީންގެ ބާރެވެ. މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި އެ ސަރަޙައްދުގައި އުފައްދާ ތެޔޮ، މައި ސަރުކާރަށް ވަނީ ވިއްކަން ފަށައިފައެވެ. ނަމަވެެސް ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން މިހާރު ވަނީ ހީނަރުވެފައެވެ. އެއީ މީސްމަދު ވަންހަތަކުގެ މީހުންގެ ހައްޤުތަކަށް ސަރުކާރުން ކަމޭނުހިތަފާނެ ކަމާމެދު އޮތް ބިރެއްގެ ސަބަބުންނެވެ.
ސޫރިޔާގެ ހަނގުރާމައިގެ ދުވަސްވަރު ތެޔޮ ދަނޑުތަކުގައި އެކި ފަހަރު ހިނގާފައި ވަނީ އެކި ފަރާތްތަކުގެ ބާރެެވެ. އެ ޤައުމާ ދެކޮޅަށް އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެސް ޤާނޫނީ ޙުއްދައާއެކު ތެޔޮ އެތެރެކުރުމާއި ބޭރުކުރުމަށް ވަނީ ހުރަސްްއެޅިފައެވެ. އަލްއަސަދުގެ ވެރިކަން ވެއްޓުނު ފަހުން ވެސް އެތައް މަހެއް ވަންދެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތުމުން ހަކަތައާ ގުޅުންހުރި އިމްޕޯޓު މުދާ ވެއްދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތައް އުވައިލުމަށް ވަނީ އަންގަވައިފައެވެ. އެއާއެކު އެމެރިކާއާ ގުޅުންހުރި ކުންފުނިތަކުން ދަނީ ސޫރިޔާއިން ތެޔޮ ހޯދައި ވިއްކުމަށް މާސްޓަރ ޕްލޭނެއް ހަމަދުންނެވެ.
ސޫރިޔާ ވަނީ ޑީޕީ ވޯލްޑް ކިޔައި ކުންފުންޏަކާއެކު 800 މިލިޔަން އެމެރިކާ ޑޮލަރުގެ ފަހުމުނާމާއެއްގައި ވެސް ސޮއިކޮށްފައެވެ. އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ ޠަރްޠުޞްގައި ޓަރމިނަލެއް ހަދައި އެ ތަން ބަލަހައްޓައި، ހިިންގުމަށެވެ. އެ ފަހުމުނާމައިގައި ސޮއި ކޮށްފައި ވަނީ އަލްއަސަދުގެ ވެރިކަމުގައި އެ ބަނދަރު ހިންގި މީހުންނާއެކު ވެެފައިވާ އެއްބަސްވުން ބާޠިލް ކުރުމަށް ފަހުގައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
