
ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިއްޔާއިން ރޭޑުޖަހައި ފަލަސްޠީނުގެ ގިނަ ޢަދަދެއްްގެ ރައްޔިތުން ހައްޔަރުކޮށްފިއެވެ. ޔަހޫދީ އަސްކަރިއްޔާއިން ރޭޑު ޖަހަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ބައިތު ލަޙްމާއި އަލް ޚަލީލްއާއި ނަބްލުސްއާއި ރާމަالله ހިމެނެއެވެ. އެނގިފައިވާ ގޮތުގައި އޮގަސްޓު މަހުގެ 31ވަނަ ދުވަހު އެކަނި ވެސް ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްްފައިވެއެވެ. އޭގެ ތެރޭގައި ޔަޢުބުދު އަވަށުން ހައްޔަރުކޮށްފައިވާ ކުޑަ ކުއްޖަކާއި ޒުވާން ފުރައިގެ ކުއްޖެއް ހިމެނެއެވެ. އޭގެ އިތުރުން ބައިތު ފައްރާޖުން 37 އަހަރުގެ ފިރިހެނަކާއި ރާމަالله ކައިރީގައި އޮންނަ ނިލިންއިން 25 އަހަރުގެ ޒުވާނަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ރާމަاللهއާއި އަލްބީރާގައި ވެސް ގިނަ ޢަދަދަކަށް ރޭޑު ޖަހާފައިވާއިރު، ޔަހޫދީ އަސްކަރިއްޔާއިން އެ ގޮތަށް ކަންތައްކޮށްފައި ވަނީ ހަމަ އެ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ހިންގިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އޭރު ހިންގި އަަސްކަރީ ޙަރަކާތުގައި 58 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ކަފުރް މާލިކާއި ނިލިންއާއި ދީރު ޤަދީސްގައި ވެސް ޔަހޫދީ ސިފައިން ޙަރަކާތްތެރިވެފައިވެއެވެ. ނަމަވެސް އެ އަވަށްތަކުން މީހަކު ހައްޔަރުކޮށްފައެއްް ނުވެއެވެ. ހަމަ މި ދަނޑިވަޅުގައި އަލްޚަލީލްގެ ދެކުނުގައި ޔަހޫދީން ބަޑީގެ ޙަމަލާތަކެއް ވެސް ދީފައިވެއެވެ. އެ ޙަމަލާތަކުގައި ކުޑަ އަންހެން ކުއްޖެއް ހިމެނޭ ގޮތަށް ފަލަސްޠީނުގެ ފަސް ރައްޔިތަކަށް ޒަޚަމްވެފައިވެއެވެ. އެ މީހުން ވަނީ ފަރުވާ ދިނުމަށް ހަސްފަތާލަށް ގެންގޮސްފައެވެ. އޭގެ އިތުރުން އުތުރުގެ ރަށްތަކެއް ކަމަށްވާ ޞައްރާއާއި ސަބަސްޠިއްޔާގައި ވެސް ޔަހޫދީން ބަޑީގެ ޙަމަލާ ދީފައިވާ ކަމަށްވެއެވެ. ނަމަވެސް މީހަކަށް އަނިޔާވިކަމެއް އެނގިފައެއް ނުވެއެވެ.
މުސާފިރު ޔައްޠާގެ ޚަލަތުލް ޙައްދާދުގައި ޔަހޫދީ ވަޒަންވެރިންތަކެއް ވަނީ ފަލަސްޠީނުގެ ދެމަފިރިއަކަށް ޙަމަލާދީ ޒަޚަމްކޮށްލައިފައެވެ. ބައިތު ލަޙްމްގެ އިތުރުން ކިސާން އަވަށުގައި ހުންނަ ގޭގެއަށް ވެސް ޔަހޫދީ ވަޒަންވެރިން ޙަމަލާ ދީފައިވެއެވެ. ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންގެ ގޭގެއަށްވަދެ އެ މީހުން ލޫޓުވާފައި ވަނީ ޔަހޫދީ އަސްކަރިއްޔާގެ ހިމާޔަތުގައެވެ. އދގެ އިންސާނީ އެހީގެ އިންތިޒާމުތައް ހަމަޖައްސާ އިދާރާ، އޯސީއެޗްއޭއިން ބުނީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީ ވަޒަންވެރިން 1،000އަށްވުރެ ގިނަ ޙަމަލާދީ، މީހުންނަށް ޒަޚަމްކޮށް މުދަލާއި ގެދޮރަށް ގެއްލުންދީފައިވާ ކަަމަށެވެ. ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ޤަވާއިދުން ދުއްތުރާކޮށް ގެއްލުންދެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޔަހޫދީ އަސްކަރިއްޔާއާއި ވަޒަންވެރިންގެ ޙަމަލާތަކުގައި ހުޅަނގު އައްސޭރީގައި 671 މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 129 ކުޑަކުދިން ވެސް ހިމެނެއެވެ.
ފަލަސްޠީނިއަން އޮތޯރިޓީ، ޕީއޭއިން ބުނީ ރޭޑުތަކާއި ވަޒަންވެރިންގެ ޙަމަލާތަކުގެ އިތުރުން ޤުދުސްގައި ހުންނަ އަލް-އަޤްޞާ މިސްކިތުގެ ސަރަޙައްދުގައި ޔަހޫދީން ހުއްދަނެތި ތަންތަން ކޮނެ ތަޅައިލުންފަދަ ޢަމަލުތައް ހިންގާފައިކަމަށެވެ. މި ފަދަ ޢަމަލުތަކުގައި އުމައްޔަދު ޚިލާފަތުގެ ދުވަސްވަރަށް ނިޞްބަތްވާ އިިސްލާމީ އާސާރީ ތަރިކަތަކަށް ގެއްލުން ދީފައިވާ ކަމަށް ޕީއޭއިން ބުނެއެވެ. އެ ފަދަ ތަކެއްޗަކީ މުސްލިމުންނަށް އަޤްޞާ މިސްކިތަށް އޮންނަ ހައްޤުވެރިކަމުގެ ހެކިތަކެއް ކަމަށާއި ޔަހޫދީން ބޭނުން ވަނީ އެ ހެކިތައް ނައްތާލައި އިސްލާމީ ތާރީޚު ފޮހެލުމަށް ކަމަށް ޕީއޭއިން ބުނެއެވެ. އަދި އެ ބިމުގައި ފައްޅިއެއް އެޅުމަށް ޔަހޫދީން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
