
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައިކަން ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓިއަންޖިންގައި ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައިކަން ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އެސްސީއޯގެ މުހިންމު މެންބަރުންގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިންޑިޔާގެ އިތުރުން އީރާން، ޕާކިސްތާން، ބެލަރޫސް، ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނޭއިރު، ދުނިޔޭގެ ހަކަތައިގެ ރިޒަރވްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެ ޤައުމުތަކުގައެވެ. ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. ރާއްޖެ ތަމްސީލްކުރާ ބައިނަލްއަޤްވާމީ ހުރިހާ މަންސައެއްގައި ރާއްޖެއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލައި، ވަކާލާތުކުރަމުންނެވެ. އެގޮތުން ތިމާވެއްޓާބެހޭ ބައްދަލުވުންތަކާއި، އިޤްތިޞާދީ ބައްދަލުވުންތަކުގެ އިތުރުން ސިއްޙަތާއި ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައިވެސް ރާއްޖެއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރުތަކެއް ވެފައިވާއިރު، ރާއްޖެއަކީ ފަލަސްޠީނުގެ ހައްޤުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދަނީ ފަލަސްޠީނުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަދި މިއަދު މި އަޑު މިވަނީ އިތުރަށް ގަދަވެފައެވެ.
ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ރައީސް ދެއްވާ ތަޤުރީރުތަކުގައި ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލާތާ އެތައް އަހަރެއްވީއިރުވެސް އެ މައްސަލައަށް ހައްލެއް ނުލިބޭކަމަށާއި، އަދި ބާރުވެރި ފަރާތްތަކަށް އެކަމާއި އަޅާލާ މަންޒަރުވެސް ނުފެންނަކަމަށް އަޑު ހަރުކޮށް ދަނީ ގޮވާލަމުންނެވެ. ބާރުވެރި ފަރާތްތަކުން ފަލަސްޠީނުގެ މައްސަލާގައި ހަމަހިމޭނުން އޮތުމުން، ނުވަތަ ފިޔަވަޅެއް ނާޅާ އޮތުމުން އެކަމުގެ ފައިދާ ނަގައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިސްރާއީލުން އިތުރަށް ވަރުގަދަކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަޤުރީރުތަކުގައި ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހިރާއްޖެއިން އަބަދުވެސް ވަކާލަތުކުރަނީ ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުމެވެ. މި ސިޔާސަތަކީ ފާއިތުވި 48 އަހަރު ދެގޮތެއްނުވެ ދެމިގެންގޮސްފައިވާ ސިޔާސަތެކެވެ.
އިސްރާއީލުން ފަލަސްޠީނުގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށް، އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އެޕްރީލް މަހުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
