
މިއަހަރުގެ ޑިސެމްބަރުގަައި ބާއްވަން ހަމަޖެހިފައިވާ 7 ވަނަ ކެރަމް ވޯލްޑް ކަޕް މިއަހަރު ކުރިއަށްދާނީ ރާއްޖޭގައިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން ހެންވޭރު ބޯޅަގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިއު ވިދާޅުވީ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)އިން އިންތިޒާމުކުރާ މިމުބާރާތް ކުރިއަށްގެންދާނީ ކުޅިވަރު ވުޒާރާއާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންކަމަށެވެ. ވިހި ގައުމަކުން ދުއިސައްތައަށްވުރެ ގިނަ އެތުލީޓުންނާއި އެކު މިއަހަރުގެ ޑިސެމްބަރުމަހު މިމުބާރާތް ފަށަންތައްޔާރުވަމުން އަންނައިރު، މި މުބާރާތުގެ ކުޅުންކުރިއަށްދާނީ ބާރސެލޯ ނަސަންދުރައިގައެވެ.
“އަޅުގަނޑުމެން މި ޕްރެސް މިބާއްވާލީ ދިވެހިރާއްޖޭގައި ކެރަމް ވޯލްޑް ކަޕް 2014ގެ ފަހުން ރާއްޖޭގައި ވަރަށް ފުޅާކޮށް އަދި މިހާތަނަށް ކެރަމް ވޯލްޑް ކަޕް އެއްވެސް ތަނެއްގައި ނުބާއްވާ ވަރަށް، އެވަރަށް އެތުލީޓުން ގިނަ މުބާރާތަކަށް ވެގެން މިދިޔައީ. 200އަށްވުރެ ގިން އެތުލީޓުން މިމުބާރާތުގައި ބައިވެރިވޭ. އެހެންވީމަ މިމުބާރާތް އަޅުގަނޑުމެން ޑިސެމްބަރުގައި ރާއްޖޭގައި ހޯސްޓުކުރަން ކެރަމް އެސޯސިއޭޝަނާއި އަދި މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން ބާއްވަން ހަމަޖެއްސި ވާހަކަ ތިބޭފުޅުންނަށް ދަންނަވާލަން” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ކުޅިވަރު އެންމެ އުސް ހަރުފަތަށް އެރުވުމާއި ރާއްޖެއަކީ މިފަދަ ކުޅިވަރު މުބާރާތްތައްތައް ބޭއްވޭނެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުންކަމަށެވެ. މިމުބާރާތުގެ ސަބަބުން ރާއްޖެއަށް އަލަށް ތަޢާރަފުވަމުން އަންނަ ސްޕޯޓްސް ޓޫރިޒަމް އެއްދުވަހުން އަނެއްދުވަހަށް ފުޅާވެގެން ދިއުމަށް ބާރަކަށްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖެއަކީ މިގެ ކުރިންވެސް ކެރަމް މުބާރާތްތަކުން ރަންވަނަތަކެއް ހޯދި ގައުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަހަރު މިމުބާރާތް ރާއްޖޭގައި ބޭއްވިގެންދާއިރު އުންމީދަކީ ދިވެހި އެތުލީޓުން މިމުބާރާތުގައި ވިދާލުންކަމަށް ވަޒީރު ވިދާޅުވިއެވެ. “ރާއްޖެއަކީ މީގެ ކުރިންވެސް ވަރަށް ގިނަ ވަނަތަކެއް މިފަދަ މުބާރާތްތަކުގައި ހާސިލްކޮށްފަ އޮތް ގައުމަކަށްވާތީވެ އަޅުގަނޑުމެން ބޭނުންވަނީ މިމުބާރާތަކީވެސް ހަމަ ދިވެހިރާއްޖެ އެންމެ އުސްމިނަށް މިކުޅިވަރުން ކެރަމުން ގެނެވޭނެ ގޮތަކަށް އަޅުގަނޑުމެން މަގުފަހިކުރުން. އަދި މިއީ އެހެން ކުޅިވަރުތަކަށްވެސް ވަރަށް ބޮޑު ބޫސްޓެއް އަންނާނެކަމެއް. މިފަދަ މުބާރާތްތައް ރާއްޖޭގައި ހޯސްޓު ކުރުން. އެހެންވީމަ 20 ގައުމަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވެގެން 200 އަށްވުރެ ގިނަ އެތުލީޓުން މިމުބާރާތުގައި ބައިވެރިވާކަމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭކަމެއް” ވަޒީރު ވިދާޅުވިއެވެ.
2014 ވަނަ އަހަރު ކުރިއަށްދިޔަ ކެރަމް ވޯލްޑް ކަޕް ބާއްވާފައިވަނީވެސް ރާއްޖޭގައެވެ. އެމުބާރާތުގެ ގިނަ ވަނަތަކެއް ހޯދާފައިވަނީ އިންޑިއާގެ އެތުލީޓުންނެވެ. އެމުބާރާތުގައި ވާދަކުރި ގައުމުތަކަކީ ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު ކޮރެއާ އަދި އެމެރިކާއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
