
ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކް އަށް ބަދަލުވެއްޖެ އެވެ. ޗެލްސީ އާއި އެކު ބަޔާން މިއުނިކް އިން އެއްބަސްވެފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ ޖެކްސަން ހޯދުމަށް އެ ކްލަބުން ފުރަތަމަ 14.3 މިލިއަން ޕައުންޑުގެ ފީއެއް ދައްކާނެ އެވެ. އަދި މި ސީޒަނުގެ ނިޔަލަށް އޭނާ އެ ކްލަބުގައި ދައްކާ ކުޅުމަށް ބަލާފަ ދާއިމީ އެއްބަސްވުމެއްގެ ސޮއި ކުރުމުގެ ފުރުސަތު އޮތްއިރު, ދާއިމީ އެއްބަސްވުމަކަށް ދާނަމަ ޗެލްސީ އަށް އިތުރު 56.2 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ސެނެގާލް އަށް އުފަން ނިކޮލަސް ޖެކްސަން ޗެލްސީ އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ސްޕެއިންގެ ވިޔަރެއާލް އިން 32 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. އަދި އޭނާ ވަނީ ޗެލްސީ ގައި ހޭދަކުރި ދުވަސްތަކުގައި އެ ކްލަބަށް ކުޅުނު 81 މެޗުގައި 30 ގޯލު ޖަހާފަ އެވެ.
ބަޔާން މިއުނިކަށް ބަދަލުވުމަށްޓަކައި އެ ކްލަބާއިއެކު އިތުރަށް މަޝްވަރާ ކުރުމަށް ޖެކްސަން ޖަރުމަނުގައި ހުއްޓާ ޗެލްސީގެ ފޯވަޑް ލިއާމް ޑެލަޕް އަށް މި ހަފްތާގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަނބުރާ ލަންޑަނަށް އައުމަށް ޗެލްސީ އިން އަންގާފައިވާ ކަމަށް މީގެ ކުރިން ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ނަމަވެސް ފަހުން ޗެލްސީ އިން ވަނީ އެ ނިންމުން ބަދަލުކޮށް ޖެކްސަން ދޫކޮށްލުމަށް ނިންމާފަ އެވެ. ބަޔާން މިއުނިކަށް ބަދަލުވުމަށްފަހު ޖެކްސަން ބުނެފައިވަނީ ބަޔާން މިއުނިކަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި މިއީ އޭނާއަށް ލިބިގެންދާ އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ. “ބަޔާން މިއުނިކަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް އަދި މި ކްލަބާއިއެކު ކުރިއަށް ދިއުމަށް ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބޭ އިތުރު އުފަލެއް.” ޖެކްސަން ބުންޏެވެ.
މިދިޔަ ސީޒަނުގެ ކުރީކޮޅު ޗެލްސީގެ ފުރަތަމަ ޓީމުން ފުރުސަތު ކަށަވަރުވެފައިވާ ޖެކްސަންގެ އިތުބާރު ކޯޗު މަރެސްކާ އަށް ގެއްލިފައިވަނީ މިދިޔަ އެޕްރިލް މަހު ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާއިއެކުގަ އެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޗެލްސީ އިން މަސައްކަތް ކުރަމުންދިޔައިރު ޖެކްސަން އަށް ދެއްކި ރަތް ކާޑާއިއެކު ފޯވަޑެއް ނެތި ޗެލްސީ އަށް ވަނީ ކުޅެން ޖެހިފަ އެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްލެމިންގޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަތަރު ވަނަ މިނިޓުގައި އޭނާއަށް ވަނީ އެ މެޗުގައިވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ޖެކްސަން ބަޔާން މިއުނިކް އާއި ގުޅިފައިވާއިރު އަންނަ ސްޕްޓެމްބަރ މަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ޖެކްސަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
