
ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މާކް ގުއޭއީ ލިވަޕޫލަށް ވިއްކާލަން އެއްބަސްވުމަށްފަހު ފަހު ވަގުތު މޮ ވިޔަފާރި ހުއްޓުވައިފި އެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ކްރިސްޓަލް ޕެލަސްއިން ވަނީ 35 މިލިއަން ޕައުންޑަށް ލިވަޕޫލަށް ވިއްލާން އެއްބަސްވެފަ އެވެ. އަދި މި ވިޔަފާރީގެ ކަންކަން ލިވަޕޫލާއެކު ނިންމުމަށް ކުޅުންތެރިޔާ އަށް ވެސް ހުއްދަ ދިނެވެ. އަދި ލިވަޕޫލަށް ބަދަލުވާން އޭނާ މެޑިކަލް ވެސް ފުރިހަމަ ކުރި ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ފަހު ވަގުތު ކްރިސްޓަލް ޕެލަސްއިން މި ވިޔަފާރި ހުއްޓުވީ އޭނާގެ ބަދަލުގައި ފަހަތަށް ކުޅޭނެ ކުޅުންތެރިއަކު އެ ކުލަބަށް ނުހޯދުމުންނެވެ. އޭރު ލިވަޕޫލުން އޮތީ އައިވަރީ ކޯސްޓަށް އުފަން އެކަމަކު މިހާރު އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމާފަ އެވެ.
ކްރިސްޓަލް ޕެލަސްއިން ގަތުމަށް މަސައްކަތް ކުރީ އިގޯ ޖޫލިއޯ ގެނައުމަށެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ވެސްޓްހޭމަށް ކުޅެން ނިންމާފަ އެވެ. ގުއޭއީ ވަނީ އިނގިރޭސި ގައުމީ ޓީމަށް 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 23 މެޗު ކުޅެދީފަ އެވެ. އަދި ކްރިސްޓަލް ޕެލަސް އަށް 135 މެޗު ކުޅެދީ އޭނާ ވަނީ ހަތް ގޯލު ޖަހައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
