
ކިތަންމެ ދަތި އުނދަގޫ ގޮތަކަށް ވެސް އޭނާ ބޭނުންވީ ލިވަޕޫލަށް ކުޅެން ކަމަށާއި ދަތިތަކަކާއެކު ވެސް އެކަން ހާސިލްވުމުން ވަރަށް އުފާވެއްޖެ ކަމަށް އެލެގެޒެންޑާ އިސާކް ބުނެފި އެވެ. ނިއުކާސަލް ދޫކޮށް އޭނާ ލިވަޕޫލަށް ބަދަލުވީ އިނގިރޭސި ރެކޯޑް ފީއަކަށެވެ. އެއީ 130 މިލިއަން ޕައުންޑަށެވެ. “އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެން ބޭނުންވީ ލިވަޕޫލަށް ކުޅެން. ކިތަންމެ އުނދަގޫ ކަންކަމެއް ދިމާވެގެން ވެސް މިކަން ހާސިލްވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންނަކީ ފޯވަޑެއް. އަހަރެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭ. އަދި އަހަރެން މި ކުލަބަށް ވަރަށް ބޮޑަށް ހިދުމަތް ކުރަން ޖެހޭ،” އިސާކް ބުންޏެވެ.
އޭނާ ލިވަޕޫލަށް ވިއްކާލަން ނިއުކާސަލް ނިންމީ އެ ނޫން ގޮތެއް ނެތުމުންނެވެ. އެއީ ޕްރެކްޓިހުގައި ވެސް ބައިވެރިނުވެ އެ ޓީމަށް ނުކުޅެން އޭނާ ގަދަ ހަދާފައި ހުރުމުންނެވެ. އޭނާ ގަތުމަށް މި މަހުގެ ކުރީކޮޅު ލިވަޕޫލުން ހުށަހެޅީ 110 މިލިއަން ޕައުންޑެވެ. ހުށަހެޅުން ނިއުކާސަލް ވަނީ ގަބޫލު ނުކޮށްފަ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ބަންދުވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ދެ ކުލަބުން މި ކަމަށް އެއްބަސްވީ ކުޅުންތެރިޔާ ދެން ނިއުކާސަލް އަށް ނުކުޅޭނެ ކަމަށް ތަކުރާރުކޮށް ބުނެ ސޯޝަލް މީޑިއާގައި ވެސް އެ ގޮތަށް ވާހަކަ ދެއްކުމުންނެވެ. ހުސްވި ސީޒަނުގައި 23 ގޯލު ޖަހައި ޕްރެމިއާ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އިސާކް ބުނީ އޭނާއަށް ނިއުކާސަލްގެ ޖާޒީގައި ކުޅެވޭނެ ގޮތެއް ނެތް ކަމަށެވެ.
“ވައުދު އުވާލައި، އިތުބާރު ގެއްލިއްޖެނަމަ ދެން ކުރިއަށް ނުދެވޭނެ. އަހަރެން މިހާރު ބޭނުންވަނީ އެހެން ވިސްނުމެއް. ވަރަށް ގިނަ ދުވަހު މިކަމުގައި އެ މީހަކު ބޭނުން ވާހަކަ އެއް ދައްކަމުން މިދިޔައީ. އަހަރެން މިކަމުގައި ވާހަކަ ދައްކަން މި ފެށީ ވަރަށް ގިނަ ދޮގު މައުލޫމާތު ފަތުރަން ފެށުމުން،” އިސާކް ބުންޏެވެ. ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން އޭނާ ދެއްކި ވާހަކައެއް ކަމެއް ނޭނގެ އެވެ. ލިވާޕޫލަކީ ޕްރެމިއާ ލީގުގެ ތަށި ދިފާއު ކުރުމަށް މި ސީޒަނުގައި އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމެވެ. މި ގޮތުން އެ ޓީމުން ވަނީ ބޮޑު އަގުގައި ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އަދި އަގުބޮޑުކޮށް ބައެއް ކުޅުންތެރިން ވަނީ ދޫކޮށްލައިފަ އެވެ. މިހެންވެ ލިވަޕޫލުން ކުރި ހޭދަ 450 މިލިއަން ޕައުންޑް ފަހަނަ އަޅައިދިޔަ ނަމަވެސް އެ ޓީމަށް މާލީ މައްސަލަތަކެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
