
ދުނިޔޭގެ އެންމެ ޞުލްޙަވެރި ޤައުމުތައް މިންކުރާ ގްލޯބަލް ޕީސް އިންޑެކްސް (ޖީޕީއައި)ގައި އެންމެ ޞުލްޙަވެރި ޤައުމުގެ މަޤާމު މި އަހަރު ވެސް އައިސްލެންޑުން ހޯދައިފިއެވެ. 2008ވަނަ އަހަރު ޖީޕީއައި ވުޖޫދަށް އައިއްސުރެ ކޮންމެ އަހަރަކު ވެސް މި މަޤާމު ހޯދަމުން ދަނީ އައިސްލެންޑުންނެވެ. އަހަރަކަށް ފަހު އަހަރަކު އައިސްލެންޑުން މި މަޤާމު ހޯދުމަކީ އެ ޤައުމުގެ ޞުލްޙަވެރިކަމާއި ރައްކާތެރިކަމާއި ސަލާަމަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ. އިންސްޓިޓިއުޓް ފޮރ އިކޮނޮމިކްސް އެންޑް ޕީސް (އައިއީޕީ)ން ތައްޔާރުކުރާ ޖީޕީއައިގައި 163 ދައުލަތެއްގެ ޞުލްހަވެރިކަން މިންކުރެއެވެ. ޖީޕީއައިގައި ޤައުމުތަކުގެ ޞުލްޙަވެރިކަން މިންކުރަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ މުޖުތަމަޢުގައި ސަލާމަތާއި ރައްކާތެރިކަން އޮންނަ މިންވަރާއި، އެ ސަރަޙައްދެެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެ ޤައުމެއްގެ އަސްކަރީ ބާރެވެ. އައިސްލެންޑަކީ އެހެން ޤައުމުތަކާ އަޅާ ބަލައިިއިރު މި ތިން ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ.
2025ވަނަ އަހަރު އައިސްލެންޑުން ވަނީ އެންމެ އުފާވެރި ޤައުމުތައް މިންކުރާ ވޯލްޑް ހެޕިނެސް އިންޑެކްސްގައި ވެސް ތިންވަނަ މަޤާމު ހޯދައިފައެވެ. އުތުރު ހެމިސްފިޔަރގައި އޮންނަ ޤައުމުތަކުގެ ތެރެއިން އައިސްލެންޑަކީ އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ އެއް ޤައުމު ވެސް މެއެވެ. އައިސްލެންޑުގެ އިތުރުން އެންމެ ޞުލްޙަވެރި ޤައުމުތަކުގެ ގޮތުގައި ދެން ހިމެނެނީ އަޔަލެންޑާއި ނިއުޒީލެންޑާއި އޮސްޓްރިޔާއާއި ސްވިޒަލެންޑެވެ. ގްލޯބަލް ޕީސް އިންޑެކްސް ރިޕޯޓުގައި ބުނީ ހަމަނުޖެހުމާއި އަރައިރުންވުން އޮންނަ ޙާލަތްތަކުގައި ޞުލްޙަވެރި މުޖުތަމަޢުއެއް ބިނާކުރެވޭނީ ޞުލްޙަވެރި މުޖުތަމަޢުތައް އުފައްދައި ދަމަހައްޓައިދޭފަދަ އަޚުލާޤާއި މުއައްސަސާތަކާއި އޮނިގަނޑުތައް ކަމަށެވެ. އެ މަގު ޚިޔާރުކޮށްފައިވާ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިޞްބަތް އިތުރުވެ، އިންޓްރެސްޓްގެ ނިޞްބަތް ދަށް ކަމަށް ފާހަގަވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުވެ ކުއްލި ޙާލަތްތަކަށް ފަސޭހަކަމާއެކު ހޭނޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2008ވަނަ އަހަރު ޖީޕީއައިއިން ޤައުމުތަކުގެ ޞުލްޙަވެރިކަން މިންކުރަން ފެށިފަހުން ޤައުމުތަކުގެ ޞުލްޙަވެރިކަމުގެ ނިޞްބަތް ވަނީ އެވަރެޖްކޮށް 5.4 އިންސައްތަ ދަށަށް ގޮސްފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭަގައި އެންމެ ޞުލްޙަވެރި ޤައުމާއި އެންމެ ޞުލްޙަވެރިނޫން ޤައުމާ ދެމެދު އޮންނަ ޕޮއިންޓުގެ ފަރަގު ވެސް ވަނީ 11.7 އިންސައްތަ އިތުރުވެފައެވެ. 2025ވަނަ އަހަރުގެ ޖީޕީއައި ރިޕޯޓުގައި ބުނީ ދުނިޔެއަށް ކުރިމަތިވެފައި ވަނީ އަނިޔާވެރި ހަމަނުޖެހުންތަކާއި ތަޅައިފޮޅުންތައް ކަމަށެވެ. 2023ވަނަ އަހަރުގެ ތެރޭގައި 59 ދައުލަތެއް ހިމެނޭ ހަމަނުޖެހުންތައް ހިނގާފައިވާ ކަމަށް ފާހަގަކޮށް އެ ރިޕޯޓުގައި ބުނީ އެއީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން އެހާ ގިނަ ޢަދަދެއްގެ ހަމަނުޖެހުންތައް ހިނގި އަހަރު ކަމަށެވެ.
މި އަހަރުގެ ލިސްޓުގައި އެންމެ ޞުލްޙަވެރިކަން ކުޑަ ޤައުމުގެ ގޮތުގައި ލިސްޓުކޮށްފައި ވަނީ ރަޝިޔާއެވެ. އަދި ދެވަނައަށް އެންމެ ޞުލްޙަވެރިކަން ކުޑަ ޤައުމުގެ އޮތީ ޔޫކްރެއިންއެވެ. އެމެރިކާ ވެސް އޮތީ ލިސްޓުގެ ވަރަށް ފަހަތުގައެވެ. އެ ޤައުމު އޮތީ ލިސްޓުގެ 128ވަނަ މަޤާމުގައެވެ. ހޮންޑިޔުރާސްއާއި ބަންގްލަދޭޝްއާއި ޔުގަންޑާ ވެސް އޮތީ އެމެރިކާއަށް ވުރެ ކުރީގައެވެ. އެމެރިކާ ލިސްޓުގެ އެހައި ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ އެ ޤައުމުގެ އަސްކަރިއްޔާ ވަރުގަދަވުމެވެ. އެމެރިކާއަށް ވުރެ ފަހަތުގައި އޮތް ޤައުމުތަކުގެ ތެރޭގައި އުތުރު ކޮރެޔާއާއި ޒަޔަނިސްޓު އިސްރާއީލާއި ޔޫކްރެއިންއާއި ރަޝިޔާ ހިމެނެއެވެ. އުތުރު ކޮރެޔާ ލިސްޓުގެ 149ވަނައިގައި އޮތް އިރު ޒަޔަނިސްޓު އިސްރާއީލު އޮތީ 155ވަނަ މަޤާމުގައެވެ. 162ވަނަ މަޤާމުގައި ޔޫކްރެއިން އޮތް އިރު ރަޝިޔާ އޮތީ 163ވަނައިގައެވެ.
ހުޅަނގާއި މެދުތެރޭ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތީ ފަރަންސޭސިވިލާތުގައެވެ. 2024ވަނަ އަހަރުގެ އިންޑެކްސްއާ އަޅައިބަލައިއިރު ޞުލްޙަވެރިކަމުގެ މަޤާމަށް ކުރިއެރުމެއް ލިބިފައި ވަނީ ދެކުނު އެމެރިކާގެ ޤައުމުތަކަށް އެކަންޏެވެ. އެންމެ ބޮޑު ކުރިއެރުމެއް ލިބިފަައި ވަނީ ޕެރޫއަށާއި އާޖެންޓީނާއަށެވެ. އުތުރާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޞުލްޙައަށް އެންމެ ލޯބިކުރާ ޤައުމުތަކުގެ ގޮތުގައި އޮތީ ކެނެޑާއާއި ކޮސްޓަރިކާއެވެ. ސަބް-ސަހަރަން އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ޞުލްޙަވެރި ޤައުމުތަކުގެ ގޮތުގައި ފާހަގަވެފައި ވަނީ މޮރިޝަސްއާއި ބޮޓްސްވާނާއާއި ނަމިބިޔާއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
