
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހީނަރުވަމުންދާ ފުޓްބޯޅައިގެ ފޯރި އަލުން ގެނުވައި، އެ ކުޅިވަރު ވެއްޓިފައިވާ ހާލަތުން ނެގުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުންދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ނާޒުކު ފައްތަރެއްގައި އޮތް ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލާއި ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ފުޓުބޯޅަ ކުރިއަރުވާ އިހުގައި އޮތް ފޯރި ގެނެސް މުޅި ރާއްޖެއަށް މިކުޅިވަރު އަލުން ތަޢާރަފުކުރުމަށް މިނިސްޓްރީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށެވެ. މިގޮތުން މިކުޅިވަރު އަލުން ދިރުވުމަށް އެފްއޭއެމް އަދި އަތޮޅުތެރޭގެ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ފުޓުބޯޅައިގެ ފޯރި ގެނައުމަށް ކުޅިވަރު ވުޒާރާގެ ފަރާތުން އެހީތެރިކަން ބޭނުންވާ އެންމެހާ ދާއިރާތަކުން އެފުރުސަތުތައް ފަހިކޮށްދެއްވުމަށް އެފްއޭއެމަށް އެއްބާރުލުންދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކުޅިވަރު ކުރިއެރުވުމަށްޓަކައި ޚާއްސަކޮށް ފުޓުބޯޅަ މުޅި ރާއްޖެއަށް ތަޢާރަފުވެގެންދިއުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަނާއި ގުޅިގެން އަދި ރީޖަންތަކާއިވެސް ގުޅިގެން އަޅުގަނޑުމެން ފެސިލިޓޭޓްކޮށްދެވެން ހުރި ކަންތައްތައް މިނިސްޓްރީގެ ފަރާތުން ފެސިލިޓޭޓްކޮށްދޭނަން. އެހެން ނަމަވެސް މުބާރާތްތައް އޯގަނައިޒްކޮށް މުބާރާތްތައް ކޮންޑަކްޓުކުރާނީ އެފްއޭއެމް މެދެވެރިކޮށް” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުޅިވަރު ވުޒާރާއަކީ އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ވަންނާނެ ވުޒާރާއެއް ނޫންކަމަށާއި ކުޅިވަރު ވުޒާރާގެ މެންޑޭޓަކީ ކުޅިވަރުތައް ކުޅިއެރުވުންކަމަށްވުމުން އެމުބާރާތްތައް ރާވާ ހިންގުމަށް ދެވެން އޮތް އެންމެހާ އެހީތެރިކަމެއް ދެއްވާނެކަމަށެވެ. “އަޅުގަނޑުމެންނަކީ އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް އެއްވެސް އިރަކު ވަންނާނެ ބައެއް ނޫން. އެހެން ނަމަވެސް މިނިސްޓްރީގެ މެންޑޭޓްއަކީ އެކުޅިވަރު ކުރިއެރުވުންކަމަށްވާތީވެ އެމުބާރާތްތަކަށް ދެވެން އޮތް އެހީތެރިކަމެއް ހަމަ ދެވެން އޮތް މެކްސިމަމްކޮށް އިރާދަކުރެއްވިއްޔާ ދެމުންގެންދާނީ”
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބޭއްވި އެމުބާރާތްތަކުގެ ސަބަބުން ހުނަރުވެރި އައު ކުޅުންތެރިން އުފެދިގެން އައުމަކީ ފުޓުބޯޅަ އަލުން ދިރުވާ އާލާކުރުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުބާރާތްތައް ބޭއްވެން ފެށުމުން އައު ކުޅުންތެރިން އުފެދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. “ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ބޭއްވިގެން ރާއްޖޭގެ ރަށްރަށުގައި ތިބި މޮޅެތި ކުޅުންތެރިން އައިޑެންޓިފައިވެގެން އެކުޅުންތެރިން ހިމެނޭގޮތަށް މުބާރާތްތައް ބޭއްވިގެން އައުން. މޮޅު ކުޅުންތެރިން ތިބިކަން އައިޑެންޓިފައިކޮށް އެކުޅުންތެރިންނަށްވެސް ދޭންޖެހޭ އަހަންމިއްޔަތުކަން އަޅުގަނޑުމެންދީ، އަދި މި މިކެނޭނިޒަމް މި ނެޓްވޯކް މުޅި ރާއްޖޭގައި ގާއިމުކުރުން. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ސިޔާސަތަކީ” ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
