
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ޕްރިމިއަރ ލީގަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޕްރޮމޯޓުކޮށް، ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި ކުޅެން ޖެހޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. މި ގޮތަށް ނިންމީ ގައުމީ ފުޓްބޯޅަ އިދާރާގެ އެކްސްކޯ ބައްދަލުވުމުގައެވެ. ސަސްއަށް މި އަދަބު ދިނީ އަންނަ މަހުގެ 18 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއަރ ލީގުގައި ނުކުޅޭނެ ކަމަށް އެފްއޭއެމްއަށް އެންގުމުންނެވެ. އެ ކުލަބުން މި ގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ކަމަށެވެ. ސަސް އަކީ 2021 ވަނަ އަހަރުން ފެށިގެން ޕްރިމިއަރ ލީގުގައި ވާދަކުރަމުން އައި ޓީމެކެވެ. ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ރެލިގޭޓުކުރުމުން ހުސްވި ދެ އަހަރު ދެވަނަ ޑިވިޝަނުގައި ވާދަކުރި ނިއު ރޭޑިއަންޓަށް އަލުން ޕްރިމިއަރ ލީގުގެ ޖާގަ ދޭން ނިންމީ ސަސް ހުސްކުރި ޖާގައަށެވެ.
އެފްއޭއެމްއިން ބުނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ޓެންޓް ސްޕޯޓްސް ކުލަބުގެ ތެރެއިން އެފްއޭއެމްގެ މުބާރާތުގެ ގަވާއިދުގެ ދެވަނަ މާއްދާ އާއި 12 ވަނަ މާއްދާގެ ދަށުން ނިއު ރޭޑިއަންޓަށް ފުރުސަތު ދޭން ނިންމީ ދެވަނަ ޑިވިޝަނުގައި އެ ދެ ޓީމުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ނިއު ރޭޑިއަންޓަށް ކުރި ލިބޭތީ ކަމަށެވެ. ނިއު ރޭޑިއަންޓް އަންނަނީ ކުރިއަށް އޮތް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ޓީމު ވަރުގަދަ ކުރަމުންނެވެ. އެގޮތުން އެ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ތިން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަޙްމަދު އިރުފާން އަދި ހަސަން ރާއިފް އަޙްމަދު (ހަންނަ) ގެ ސޮއި ވަނީ ހޯދާފައެވެ.
މީގެ އިތުރުން އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މީގެ ކުރިން ފާހަގަކޮށްލެވުނު މޮޅެތި ކުޅުންތެރިން ކަމަށްވާ މުޙައްމަދު ނިޒާމް (ޕީކޭ) އާއި އަހުނަފް ރަޝީދުވެސް ވަނީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފައެވެ. ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެންމެ ފަހުން ގައުމީ ޓީމުގައި ހުރި ކޯޗު އަލީ ސުޒެއިނެވެ. ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ހިމެނެނީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ތަށި ހޯދި ތިން ކުލަބުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
