
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު އަލް-ސިންވާރް ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފިއެވެ. މުޙައްމަދު ޝަހީދު ކޮށްލާފައިވާ ކަން ޙަމާސުން ކަށަވަރު ކޮށްދީފައި މި ވަނީ، އެ ޖަމާޢަތުގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ޣައްޒާ ސިޓީއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މުޙައްމަދަކީ، ޙަމާސްގެ ކުރީގެ އަސްކަރީ ކޮމާންޑަރު ޔަޙްޔާ އަލް-ސިންވާރްގެ ކޮއްކޯފުޅެވެ. ޙަމާސްގެ އަސްކަރީ ކޮމާންޑަރުގެ މަޤާމާ މުޙައްމަދު ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ ޣައްޒާގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދުގެ ތެރެއިން ޔަހޫދީން ދިން ނިރުބަވެރި ޙަމަލާއެއްގައި ޔަޙްހާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އެއީ، 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެއަށް ފަހު، މި އަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ މުޙައްމަދު ވެސް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ބުނެފައެވެ.
މުޙައްމަދު ޝަހީދު ކޮށްލާފައިވާ ކަން ޙަމާސުން މީގެ ކުރިން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، ޙަމާސުން ދާދި ފަހުން ވަނީ ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އެންމެ ފަހުން ޝަހީދު ކޮށްލާފައިވާ އެ ޖަމާޢަތުގެ އިސް މުޖާހިދުންގެ ފޮޓޯތަކެއް ޢާންމު ކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރޭގައި މުޙައްމަދުގެ ފޮޓޯއެއް ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ޙަމާސުން އިތުރު މަޢުލޫމާތު ސާފުކޮށްދީފައެއް ނެތެވެ. މުޙައްމަދު ޝަހީދު ކޮށްލުމާ އެކު، ޙަމާސްގެ އަސްކަރީ ގޮފީގެ ޒިންމާތަކާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ޢައްޒުއްދީން ޙައްދާދް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިންނާ ކުރިމަތިލުމަށް ޙަމާސުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ އިސް ކޮމާންޑަރަކީ މިހާރު ވެސް ޢައްޒުއްދީނެވެ.
ޙަމާސްގެ އެހެން އިސް ކޮމާންޑަރުންނާއި އޮފިޝަލުން ޝަހީދު ކޮށްލުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ ރިމާލް އަވަށަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކަކީ، ޙަމާސްގެ އިސް އޮފިޝަލުންތަކެއް ޝަހީދު ކޮށްލުމުގެ ބޭނުމުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ޙަމާސްގެ އޮފިޝަލުންގެ ތެރޭގައި އެ ޖަމާޢަތުގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ހިމެނޭ ކަމަށް ބެލެވެއެވެ. ރިމާލް އަވަށަށް ދީފައިވާ ޙަމަލާތަކުގައި ޙަމާސްގެ އިސް އޮފިޝަލެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ޙަމާސުން ވެސް ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އޭގެ ތެރޭގައި އަބޫ ޢުބަޔިދާ ހިމެނޭ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
