
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތުރުކީވިލާތުގެ ވައިގެ ސަރަޙައްދަށް އެތެރެވުމާއި، އެ ޤައުމުގެ ވިޔަފާރި ބަނދަރުތައް ބޭނުން ކުރުން ޒަޔަނިސްޓުންގެ އުޅަނދުފަހަރަށް މަނާކޮށްފިއެވެ. މި ނިންމުން އިޢުލާނު ކުރައްވާފައި ވަނީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާނެވެ. ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުގެ މި ނިންމުމާ އެކު، އެ ޤައުމުގެ ވައިގެ ސަރަޙައްދު ހުރަސް ކުރުމާއި ވައިގެ ސަރަޙައްދަށް އެތެރެވުން ޒަޔަނިސްޓު އިސްރާއީލުގެ ބައެއް މަތިންދާބޯޓުތަކަށް ވަނީ މަނާކޮށްފައެވެ. އަދި، އެ ޤައުމުގެ ވިޔަފާރި ބަނދަރުތައް ވެސް ވަނީ ޔަހޫދީންގެ އާގުބޯޓުފަހަރާއި އެހެނިހެން އުޅަނދުފަހަރަށް ބަންދު ކޮށްފައެވެ. ފިދާން ވިދާޅުވީ، ޒަޔަނިސްޓު އިސްރާއީލަށް ދަތުރުކޮށް، އެ ޤައުމުގެ ބަނދަރުތަކުން ޚިދުމަތް ހޯދުން ތުރުކީވިލާތުގެ ކުންފުނިތަކުން އޮޕަރޭޓު ކުރާ އާގުބޯޓުފަހަރާއި އެހެނިހެން އުޅަނދުފަހަރަށް މަނާ ކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނެތެވެ.
ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ކަން ފިދާން ހާމަކުރައްވާފައި ވަނީ، ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އުރްދުޣާންގެ ސަރުކާރުން ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. ޣައްޒާގެ ނަސްލުހޭދާ ދެކޮޅަށް ތުރުކީވިލާތުން ދަނީ ބަސް ބުނަމުންނެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އުރްދުޣާންގެ ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެކެވެ. އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން އުރްދުޣާންގެ ސަރުކާރުން ވަނީ ޒަޔިސްޓު އިސްރާއީލާ އެކު ވިޔަފާރި ކުރުން ވެސް މެދުކަނޑައިލާފައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އުރްދުޣާންގެ ސަރުކާރުން ދަނީ މެދުކެނޑުމެއް ނެތި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަމުންނެވެ.
ތުރުކީވިލާތުގެ މަޞްދަރުތަކުން ބުނީ، އެ ޤައުމުގެ ވިޔަފާރި ބަނދަރުތަކަށް ކައިރިކޮށް، ޚިދުމަތް ހޯދާ ހުރިހާ އާގުބޯޓުފަހަރަކީ ޒަޔަނިސްޓު އިސްރާއީލާއި ގުޅުން ނެތް އުޅަނދުތަކެއް ކަން ކަށަވަރު ކުރުމަށް އެ ޤައުމުގެ ބަނދަރުތަކާ ބެހޭ އިދާރާއިން ހުރިހާ ޝިޕިންގ އޭޖެންޓުންނަށް ނުވަތަ އާގުބޯޓުފަހަރަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާ ކަމުގައެވެ. މީގެ އިތުރުން، ތުރުކީވިލާތުން ފުރައިގެން ޒަޔަނިސްޓު އިސްރާއީލަށް ދަތުރު ކުރާ އެއްވެސް އުޅަނދެއްގައި ހަތިޔާރާއި ނުރައްކާތެރި ކެމިކަލް ފަދަ މުދާ ނެތް ކަން ކަށަވަރު ކުރުމަށް ވެސް އެ ޤައުމުގެ ބަނދަރުތަކާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ. “އިސްރާއީލާ އެކު އަޅުގަނޑުމެން ކުރާ ވިޔަފާރި މުޅިން ހުއްޓައިލައިފިން. އިސްރާއީލުގެ އުޅަނދުފަހަރަށް އަޅުގަނޑުމެންގެ ބަނދަރުތައް ވާނީ ބަންދުކޮށްފައި. އަދި ތުރުކީވިލާތުގެ އުޅަނދުފަހަރު އިސްރާއީލުގެ ބަނދަރުތަކަށް ދިއުމަށް ވެސް ހުއްދައެއް ނޯންނާނެ،” ޤާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިދާން ވިދާޅުވިއެވެ. “އިސްރާއީލަށް ހަތިޔާރާއި ވަޒަން އުފުލާ ކޮންޓެއިނަރ ބޯޓުތައް އަޅުގަނޑުމެންގެ ބަނދަރުތަކަށް ވަނުމަށް ހުއްދައެއް ނުދެން. އަދި ވައިގެ ސަރަހައްދަށް ބޯޓުތައް އެތެރެވުމަށް ވެސް ހުއްދައެއް ނުދެން.”
ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާގެ މަޞްދަރަކުން ބުނީ، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް އެތެރެވުން މަނާ ކޮށްފައި ވަނީ ޒަޔަނިސްޓު ސަރުކާރުން ބޭނުން ކުރާ މަތިންދާބޯޓުތަކަށް ކަމުގައެވެ. މީގެ އިތުރުން، އިސްރާއީލަށް ހަތިޔާރު އުފުލާ މަތިންދާބޯޓުތައް ތުރުކީވިލާތުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން މަނާކޮށްފައިވާނެ ކަން ވެސް އެ ފަރާތުން ހާމަކުރިއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ވައިގެ މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށް އުރްދުޣާން އަމުރު ކުރައްވާފައިވާ ކަން ވެސް ފިދާން ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
