
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ މެދު ވިލާތުގެ ޤައުމުތަކުން ދެބަސްވެއްޖެއެވެ. ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހު ޑެންމާކުގެ ކޯޕަންހޭގަންގައި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. ބައެއް ޤައުމުތަކުން ވަނީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ އިިޤްތިޞާދީ ފިޔަވަޅުތައް އަޅައި ފިއްތުންތައް ކުރިމަތިކުރުވުމަށް ގޮވާލައިފައެވެ. ނަމަވެސް އެ ފަދަ ފިޔަވަޅެއް އެޅުމަށް ބޭނުންނުވާ ކަމަށް ބައެއް ޤައުމުތަކުން ބުނެފައިވެއެވެ. ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ، ކާޔާ ކަލަސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ޤައުމުތަކަށް އެއް ގަލަކަށް ނޭރޭ ކަމަށެވެ. މައްސަލައާމެދު ހުރިހާ ޤައުމަކަށް އެއްބަސްނުވެވޭ ނަމަ އެ މައްސަލައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ވިލާތުގެ އިއްތިޙާދަށް ބަހެއް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ކަލަސް ވިދާޅުވީ އިޤްތިޞާދީ ގޮތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ވިލާތުގެ އިއްތިޙާދުގެ ރިސަރޗް ފަންޑިންގ ޕްރޮގުރާމުގައި ބައިވެރިވުމަށް ޔަހޫދީންނަށް ދަތިކުރުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. މިއީ އިޤްތިޞާދީ ފިޔަވަޅު އެޅުމާއި ޚާރިޖީ ގުޅުން ކަނޑައިލުމަށްވުރެ ހަރުކަށިކަން ކުޑަ ފިޔަވަޅެއް ނަމަވެސް، މި ހުށަހެޅުމާ މެދު ވެސް ޤައުމުތަކަށް އެއްބަސްވެވޭނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ވަނީ ޔަހޫދީންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ވަރުގަދަ ޙަމަލާތައް އެ ސަހަރަށް ދޭން ފަށައިފައެވެ. ޙަމަލާތަކަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން ވަނީ ޣައްޒާގެ 63،000 ރައްޔިތުން ޝަހީދުކޮށްލައިފައެވެެ. އދއާއެކު މަސައްކަތްކުރާ ބަނޑުހައިހޫނުކަން ވަޒަންކުރާ ޖަމްޢިއްޔާއަކާއި އިންސާނީ އެހީދޭ ގިނަ ޖަމްޢިއްޔާތަކަކުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޣައްޒާއަށް އާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް ކުރިމަތިވެފައިވާ ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކުރުމުގައި ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ 27 ޤައުމުގެ ނަޒަރިއްޔާތު ތަފާތެވެ.
ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ގިނަ ޤައުމުތަކަކުން ވަނީ ޔަހޫދީންގެ ޖަރީމާތައް ކުށްވެރިކޮށްފައެވެ. ޚާއްޞަ ގޮތެއްގައި އާންމުން ޝަހީދުކުރުމާއި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުން އެ ޤައުމުތަކުން ކުށްވެރިކުރެއެވެ. ނަމަވެސް ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް ވިލާތުގެ އިއްތިޙާދަށް އެޅިދާނެ ފިޔަވަޅަކާމެދު ޤައުމުތަކުން ދެބަސްވެއެވެ. ވިލާތުގެ އިއްތިޙާދަކީ ޔަހޫދީންގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ފާއިތުވި އަހަރުގެ ތެރޭގައި 49.9 މިލިޔަން އެމެރިކާ ޑޮލަރުގެ މުދާ ވިލާތުގެ އިއްތިޙާދާއި ޔަހޫދީންނާ ދެމެދު ބަދަލުކޮށްފައިވެއެވެ. އަޔަލެންޑާއި ސްޕެއިންއާއި ސްވީޑަންއާއި ނެދަލެންޑްސުން ވަނީ ވިލާތުގެ އިއްތިޙާދުން ޔަހޫދީންނާއެކު ގާއިމުކޮޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރުން މެދުކަނޑައިލުމަށް ގޮވާލައިފައެވެ. ނަމަވެސް ޒަމާނުއްސުރެ ޔަހޫދީންނަށް ވާގިވެރިވާ ޤައުމުތައް ކަމަށްވާ ޖަރުމަނުވިލާތާއި ހަންގޭރީއާއި ޗެކް ރިޕަބްލިކުން އެ ފަދަ ފިޔަވަޅެއް އެޅުމަށް އެއްބަހެއް ނުވެއެވެ.
ޣައްޒާގެ ކުޑަކުދިން ބަނޑަށް ޖެހެމުންދާ ކަމަށް ފާހަގަކުރައްވައި އަޔަލެންޑުގެ ޚާރިޖީ ވަޒީރު، ސަައިމަން ހެރިސް ވަނީ ޔަހޫދީންނާ ދެކޮޅަށް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން ގުޅިގެން މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ ފިޔަވަޅެއް ދެން އެޅޭނީ ކޮން ވަގުތަކުންތޯ ސުވާލުކުރައްވައިފައެވެ. ނަމަވެސް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޖޮހާން ވޭޑްފުލް ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ޙަމަލާ ދިނުމުގައި އިންސާނީ އުސޫލުތަކަށް އިހްތިރާމުކުރަން ޖެހޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކޮށްފާނެ ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ވިލާތުގެ އިއްތިޙާދުގެ ރިސަރޗު ފަންޑުން ޔަހޫދީން ބާކީ ކުރުމަކީ އެދެވޭ ފިޔަވަޅެއް ކަމަށް އެ ޤައުމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިން ވިދާޅުވީ ވިލާތުގެ އިއްތިޙާދުގެ ރިސަރޗު ފަންޑުން ޔަހޫދީން ބާކީ ކުރުމަށް އެ ކޮމިޝަނުން ހުށަހެޅީ ޔަހޫދީންނަށް އިންޒާރެއް ދިނުމުގެ ގޮތުން ކަމަށެވެ. ޚާރިޖީ ސިޔާސަތާ ގުޅޭ މައްސަލަތަކުގައި ވިލާތުގެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުގެ ޙުއްދަ އާންމުގޮތެއްގައި ބޭނުންވާ ކަމަށް ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ރިސަރޗު ފަންޑުން ޔަހޫދީން ބާކީ ކުރުމަށް ހުރިހާ ޤައުމެއްގެ ފެހި ސިގްނަލް ބޭނުން ނުވާ ކަމަށެވެ. އެއީ ޚާރިޖީ މައްސަލައެއް ނޫން ކަމަށާއި އެއީ ބަޖެޓާއި މަޝްރޫޢުތަކާ ގުޅޭ ޤަވާއިދުތަކާ ގުޅުންހުރި މައްސަލައެެއް ކަމަށްއެ ކޮމިޝަނުން ފާހަގަކުރެއެވެ. އެ ފަދަ މައްސަލަތަކުަގައި ގޮތެއް ނިންމުމަށް ބޭނުންވަނީ މަދުވެގެން 15 ޤައުމުގެ އާ ބަސް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އެ ޤައުމުތަކުގެ ޖުމްލަ އާބާދީއަކީ ވިލާތުގެ އިއްތިޙާދުގެ ޖުމްލަ އާބާދީގެ 65 އިންސައްތަ ކަމަށް ވެސް ވާން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
ޖެޓް ފިއުލްގެ ދަތިކަން އެންމެ ބޮޑުވާނީ އޭޝިޔާއަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ކޯވިޑަށްފަހު ވިލާތުގެ އެއާލައިންތަކަށް އަނެއްކާވެސް އައު ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު...
އިންޑިއާގެ އެއާލައިންތަކުގެ އުދުހުންތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު
(ފޮޓޯ ކްރެޑިޓްސް: އެއާރ އިންޑިއާ) ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، އިންޑިއާގެ އެއާލައިންތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު...
މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ ދުނިޔޭގެ މުވާޞަލާތީ ނިޒާމަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހުޅަނގު އޭޝިޔާގައި އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ މުވާޞަލާތީ ކޭބަލްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، މުޅި...
