
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮގަސްޓު މަހުހެ 28ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލައެއްގައި ޔަމަނުގެ ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ. ޙޫޘީ ސަރުކާރުގެ ފަރާތުން ވަނީ ޔަމަނުގެ ވެރިރަށް، ޞަންޢާގައި ބޮޑުވަޒީރު އަޙްމަދު އަލް-ރަހަވީއާއި އިތުރު ވަޒީރުންތަކެއް ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޙޫޘީންގެ ބާރު ހިނގާ ސަރަޙައްދުތަކުގައި އޮންނަ ސަރުކާރުގެ ބޮޑުވަޒީރުގެ މަޤާމަށް އަލް-ރަހަވީ ހޮވިވަޑައިގެންފައިވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާއާއި ސަރުކާރުގެ އިސް ވަޒީރުންނަށް އަމާޒުކޮށް ޔަހޫދީން ޙަމަލާދީފައި ވަނީ ފާއިތުވި އަހަރު ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ވަޒަންކުރުމަށް ޤަވާއިދުން ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ތިއްބަވަނިކޮށެވެ. ޔަހޫދީންގެ ޙަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.
އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ. ނަމަވެސް ޙޫޘީންނަށް އަމާޒުކޮށް ކިތަންމެ ގިނަ ޙަމަލާއެއް ދިން ނަމަވެސް، ފަލަސްޠީނުގެ ދިފާޢުގައި ޙޫޘީން ދެމުންދާ ޙަމަލާތަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ޖަމާޢަތުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޙޫޘީންގެ ސިޔާސީ ގޮފިން ބުނީ ބޮޑުވަޒީރާއި އިތުރު ވަޒީރުންތަކެއް ޝަހީދުވި ނަމަވެސް ސަރުކާރުގެ ޒިންމާތައް ޢަދާ ނުކުރެވޭނެ ޙާލަތެއް ނެތް ކަމަށެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުންގެ މަރަކީ ޙޫޘީން ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރުމުގެ މަތީގަައި ދެމިތިބޭނެކަމާއި ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ސަރުކާރުގެ ފަރާތުން ދީފައިވެއެވެ. އެއީ ޤައުމުގެ ރައްޔިތުންގެ ވެސް އެދޭ ގޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޔަމަނުގެ ރައީސް މަހްދީ އަލް މަަޝާޠު ވަނީ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު އަޙްމަދު އަޙްމަދު މުފްތާހަށް ބޮޑުވަޒީރުގެ ޒިންމާތައް ޙަވާލުކުރުމަށް އަންގަވައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
