
ސްރީލަންކާ އާއި ރާއްޖެ ބައްދަލުކުރާ އެކުވެރި ކަމުގެ ދެމެޗު ކުޅޭނީ ސުޕަކަޕެއްގެ ގޮތުގައި ކަމަށް ލަންކާ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ. އެ ޖަމާއަތުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ މި މެޗުންމޮޅުވާ ބަޔަކަށް ތައްޓެއް ދޭނެ ކަމަށެވެ. މިހެންވެ މި ދެ މެޗަށް ދީފައިވާ ނަމަކީ ދެކުނު އޭޝިޔާގެ ސުޕަކަޕް އެވެ. މި ގޮތަށް ހެދީ ކުރިން ބާއްވަން އުޅުނު މުބާރާތްކެންސަލްވި ނަމަވެސް މެޗުގެ ފޯރިގަދަކޮށް ވާދަވެރިކަން ބޮޑުކުރުމަށެވެ. ލަންކާ އާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗުކުލޭނީ އަންނަ އަންގާރަ ދުވަހު އެވެ. ޖަސްވަރު ވިދާޅުވީ ލަންކާގެ އަމާޒަކީ މި ދެ މެޗުން ވެސް މޮޅުވުން ކަމަށެވެ.
“ރާއްޖެ އަތުން ލަންކާ މޮޅުނުވެ ހިނގައްޖެ އެންމެފަހުން ކުޅުނު ގިނަ މެޗުތަކުގައި. އެކަމަކު އެއީ ވެސް އަހަރުމެންނަށް ކާމިޔާބު ކުރެވޭނެ މެޗުތަކެއް. މި ފަހަރު އަހަރުމެން ތައްޔާރު މި ވަނީ ވޯލްޑް ކަޕްކޮލިފައިން އަށް. އެހެންވީމާ މި ދެ މެޗުން މޮޅުވުން ބޭނުންވެ އެ ދެ މެޗަށް ރަނގަޅަށް ތައްޔާރުވުން ބޭނުމަކީ،” ޖަސްވަރު ވިދާޅުވި އެވެ. ލަންކާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކޮލިފައިންއަށް ތައްޔާރުވުމަށް ހަތަރު ގައުމުގެ މުބާރާތެއް ކުޅުމަށެވެ. ނަމަވެސް ފަހުން އެ އަދަދު ތިނަކަށް ބަދަލުކުރި އެވެ. އެންމެ ފަހުން ރާއްޖެ އާއި ލަންކާ އެކަނިމެޗުތަކެއް ކުޅެން ޖެހުނީ އެންމެ ފަހު ވަގުތު ބޫޓާނަށް ލަންކާގައި ބާއްވަން އުޅުނު މުބާރާތަށް ދެވޭ ގޮތް ނުވުމުންނެވެ.
މި މެޗަށް ލަންކާ ޓީމު ވެސް މިހާރު ވަނީ ފަރިތަކުރަންފަށައިފަ އެވެ. އަދި ރާއްޖޭގެ ގައުމީ ޓީމު ވެސް ވަނީ ޒުވާން ޓީމަކާއެކު ތައްޔާރުވާން ފަށައިފަ އެވެ. ޓީމުގެ އައު ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
