
ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އެސިސްޓެންޓުންނަށްއަހުމަދު ޝާކިރާއި އަހުމަދު ސުޒޭރު (ކޮއްކޮ) ހަމަޖައްސައިފި އެވެ. މީގެ ތެރެއިން ޝާކިރަކީ އެފްއޭއެމުގެ އެކްޓިން ޓެކްނިކަލްޑައިރެކްޓަރު އަދި 19 އަހަރުން ގައުމީ ޓީމުގެ ކޯޗެވެ. މިވަގުތު ތިބި ޒުވާން
ކުޅުންތެރިން އެންމެ ގިނަ ދުވަހު ގެންގުޅެ އެންމެ ބޮޑަށް އެނގޭ އެއް ކޯޗަކީ ވެސްއޭނާ އެވެ. ކޮއްކޮ އަކީ މާޒިޔާގެ އެސިސްޓެންޓް ކޯޗެވެ. އަދި އޭނާ ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން ހުރި ކޯޗު އަލީ ސުޒޭންގެ ވެސް އެސިސްޓެންޓަކަށް މަސައްކަތްކޮށްފަ އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ދެ ގޯލްކީޕަރުންނެވެ. އެއީ ކުރީގެ ދެ ގައުމީކީޕަރުން ކަމަށްވާ އަސްލަމް އަބްދުއްރަހީމާއި އިމްރާން މުހައްމަދެވެ. ޓީމުގެ މެނޭޖަރަކީ ޓީސީ ސްޕޯޓްސްގެ ކުލަބުގެ އަހުމަދު އައްބާސް އެވެ. މީގެ އިތުރުންކުރިން ވެސް ގައުމީ ޓީމުގައި މަސައްކަތް ކުރެއްވި ކުރީގެ ރެފްރީ އަބްދުލްހަކީމް ވެސް ގައުމީ ޓީމުގައި ދަނީ މަސައްކަތް ކުރައްވަން ފަށްޓަވާފަ އެވެ.
މޯހަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު މިހާރު ފަރިތަ ކުރަމުންދަނީއަންނަ ސެޕްޓެމްބަރު މަހު ސްރީލަންކާއާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށެވެ. މި ދެ މެޗަކީ ލަންކާގައި ބާއްވަން ނިންމި ޓްރައި ނޭޝަން ފުޓްބޯޅަ މުބާރާތުގައިޓީމުތައް ހަމަނުވުމުން ކުޅޭ ދެ މެޗެވެ. ކުރިން މަސައްކަތް ކުރީ ބޫޓާއެކު ތިން ގައުމުގެ މުބާރާތެއް ބޭއްވުމަށެވެ. އެއީ ލަންކާގައި މި އަހަރު ބާއްވަން މަސައްކަތްކުރި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވޭ ގޮތް ނުވުމުންނެވެ. އެއީ ސްޕޮންސަރުން މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ބޭނުންވުމުންނެވެ. ރާއްޖޭގެ ގައުމީ ޓީމު ސްކޮޑް އެކުލަވާލާފައިވާއިރުޓީމުގައި ޒުވާން ކުޅުންތެރިން ވަރަށް ގިނަ އެވެ. މިއާ ހިލާފަށް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުން އަންނަ ޓީމުގައި ޓީމުގައި ޔޫރަޕުގެ އެކި ގައުމުތަކުގައި ކުޅޭކުޅުންތެރިން ގިނަ އެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
