
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ލަންކާ އާއި ދެކޮޅަށް ކުޅޭ ދެ މެޗަށް ތައްޔާރުވާން މި ލިބުނީ ކުޑަ ދުވަސްކޮޅެއް ނަމަވެސް ކުޅުންތެރިން ތިބީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި، ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ކުޅުންތެރިންނާމެދު އެބައޮތްކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ. މޯހަން ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރާއި ހުނަރު އެބަހުރިކަމަށާއި، އެހެންނަމަވެސް ކުރީގެ ލެވެލަށް ގެންދަން ދުވަސްތަކެއް ނަގާނެ ކަމަށެވެ. ކެތްތެރިކަމާއެކީގައި މަސައްކަތް ފަށައިގެން ގޮސް ދިގު ޕްރޮސެސްއަކުން ކުރީގެ ފެންވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ކުރެވިދާނެ ކަމަށާއި، މި ހާރު ހުރިހާ ޓީމުތަކުން ފަރިތަކުރުންތައް ފަށާފައި ވާކަމީ ރަނގަޅު ނިޝާނެއް ކަމަށް މޯހަން ފާހަގަ ކުރިއެވެ.
ސެޕްޓެމްބަރު 4-10 ށް ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 އަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ޤައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނީ މި ދެމެޗަކީ ވަރަށް ޗެލެންޖިންގ ދެ މެޗަށް ވާނެ ކަމަށާއި ލަންކާ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން ރަށުން ބޭރުގައި ކުޅެމުންދިޔަ މޮޅެތި ކުޅުންތެރިންނާއެކު ލަންކާ ޓީމު އިތުރަށް ވަރުގަދަކޮށްފައިވާކަން ފާހަގަކޮށް މޯހަން ބުނީ މި ދެމެޗު ވަރަށް ވާދަވެރި ވާނެ ކަމަށާއި، ލަންކާ ޓީމަކީ ވަރަށް ކޮލިޓީ ޓީމެއް ކަމަށެވެ. “މި ދެމެޗު ﷲ އިރާދުކުރެއްވިއްޔާ މަސައްކަތް ކުރާނީ ކާމިޔާބު ހޯދަން. ކުޅުންތެރިންގެވެސް އެއީ އަޒުމަކީ ހަމަ އަޅުގަނޑުމެން އެންމެންގެވެސް އެއީ ހަމަ އަޒުމަކީ މަސައްކަތް ކުރާނީ. ﷲ އިރާދުކުރެއްވިއްޔާ ކާމިޔާބުވާނެކަމުގެ ވަރަށް ޔަގީންކަން އެބައޮތް އެވަރަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފިޓްނެސްގެ ކަންތައްތަކެއް އެބަހުރި އެންމެ ފިޓެއް ނޫން” ކޯޗު ބުންޏެވެ.
މޯހަން ބުނީ ފިޓްނެސްގެ މައްސަލަތެއް ކުޅުންތެރިންގެ އެބަހުރި ކަމަށާއި، އެހެންނަމަވެސް މަސައްކަތް ކުރާނީ ލަންކާ އާއި ދެކޮޅަށް ކުޅޭ ދެ މެޗު ކާމިޔާބުކުރުމަށް ކަމަށެވެ. ލަންކާއަށް ދިއުމުގެ ކުރިން ތައްޔާރުވާން މި ލިބުނީ ހަތަރު ދުވަސްކަމަށާއި، އަހަރަކަށްވުރެ ގިނަ ދުވަހު ކުޅުންތެރިން ވާދަވެރި މުބާރާތެއް ނުކުޅެ ދިއުމަށްފަހު ލީގުކަޕް ކުޅޭ އަނެއްކާވެސް ބްރޭކަކަށްފަހު ޕްރީ ސީޒަން ފަށައިގެން އުޅޭއިރު ގައުމީ ޓީމުގެ ފެންވަރު މަތިކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ކޯޗު ބުންޏެވެ. “މި ޕްރޮސެސްގައި ތަންކޮޅެއް ދުވަސް ނަގާނެ. ކެތްތެރިކަމާއެކީގައި މަސައްކަތް ފަށައިގަނެގެން. ލީގު ފެށިގެން ހިނގައިގަނެގެން ދުވަސްތަކެއް ވީމަ ކުރީގަ އޮތް ފެންވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅުވެގެންދާނީ” މޯހަން ބުންޏެވެ.
ކައިރި މުސްތަގުބަލެއްގައި ލީގު ފެށޭކަމާއި ކުލަބުތަކުން ޕްރެކްޓިސް ފަށައިގެން ކުރިޔަށްގެންދާކަމީ ފުޓްބޯޅައަށް ރަނގަޅު ނިޝާންތަކެއް ކަމަށް މޯހަން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
