
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ފުޖިއާން ސިޓީގެ އެތުލީޓުންގެ ތަޖުރިބާއިން ދިވެހި އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ ފުޖިއާން ސިޓީއަކީ ޗައިނާގައި ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑުކުރިއެރުމެއް ހޯދަމުން އަންނަ އެއް ސިޓީކަމަށެވެ. އެއީ ބައިނަލްއަގްވާމީ އެތައް މުބާރާތްތަކެއްގެ ޗެމްޕިއަނުން ނިސްބަތްވާ ސިޓީއެއްކަމަށާ ގައުމީ ފެންވަރުގައިވެސް ގިނަގުނަ ކާމިޔާބީތަކެއް އެސިޓީގެ އެތުލީޓުން ހޯދާފައިވާކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވީ އެ ގައުމުގެ ތަޖުރިބާކާރު އެތުލީޓުންގެ އެހީތެރިކަމާއެކު ކުޅިވަރު ކުރިއެރުވުމުގެ ގޮތުން އެސިޓީގައި ގިނަ އަދަދެއްގެ ގްރާސްރޫޓް ޕްރޮގްރާމުތައް ހިންގަމުން އަންނަކަމަށެވެ. އެ ޕްރޮގްރާމުތަކުގެ އެހީގައި ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތް އެސިޓީގައި ކުރަމުން އަންނަކަމަށް ސަފީރު ހާމަކުރެއްވިއެވެ. ސަފީރު ވިދާޅުވީ ފުޖިއާން ސިޓީގެ ކާމިޔާބު އެތުލީޓުންގެ އެހީތެރިކަން މުސްތަގުބަލުގައި ދިވެހި ކުޅުންތެރިންނަށް ފޯރުކޮށްދެއްވާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ފުޖިއާން ޕްރޮވިންސަކީ ކުޅިވަރަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ސިޓީއެއް. ފުޖިއާންއަކީ ކުޅިވަރުގެ ދާއިރާއިން ޗައިނާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ސިޓީ. އެއީ ބައިނަލްއަގްވާމީ އެތައް ޗެމަޕިއަނުންނެއް ނިސްބަތްވާ ސިޓީއެއް. އަދި ގައުމީ ފެންވަރެއްގައިވެސް އެސިޓީންވަނީ ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ހޯދާފައި. ފުޖިއާން ޕްރޮވިންސުން މޮޅެތި އެތަކެއް އެތުލީޓުންނެއް އުފައްދާފަވާއިރު، އެކުޅުންތެރިންގެ ތަޖުރިބާ މިދަނީ ގްރާސްރޫޓް ޕްރޮގްރާމުތަކުގައި ހިމަނަމުން. އަޅުގަނޑު ގަބޫލުކުރަނީ މިދެންނެވި އެތުލީޓުންގެ ތަޖުރިބާއިން ދިވެހި އެތުލީޓުންނަށްދޭ އެހީތެރިކަމަކީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް ވަރަށް މަންފާހުރިކަމެއްގެ ގޮތުގައި” ސަފީރު ވިދާޅުވިއެވެ. ޗައިނާ ސަފީރު އިތުރަށް ވިދާޅުވީ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނަކީ ދެ ގައުމުގެ ދެމެދުގައިވާ ދުވަސްވީ ރަހުމަތްތެރިކަމުގެ ރަމްޒެއްކަމަށެވެ. އަދި މިގުޅުން ކުރިއަށް އޮތްތަނުގައިވެސް ވަރުގަދަވެ ދެ ގައުމު ގުޅިގެން ކުޅިވަރުގެ މައިދާނުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް އުންމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅިވަރަށް ބަހައްޓަވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ އެކަމާމެދު ސަފީރުވަނީ އުފާކުރައްވާފައެވެ. ސަފީރު ވިދާޅުވީ ރައީސް މުޢިއްޒުއަކީ ކުޅިވަރުގެ ދާއިރާގައި އެކުވެރިކަމާއި އެއްބައިވަންތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މިއަހަރުގެ ފެބްރުއަރީމަހު ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ސޮއިކުރެވުނު ފަހުމުނާމާއަށް އިޝާރާތްކުރައްވަމުން ސަފީރުވަނީ އެފަހުމުނާމާގައި އެއްބަސްވެވުނު ފަދައިން ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ފަހުމުނާމާގައިވާގޮތުން ދެ ގައުމުން ގުޅިގެން ކުޅިވަރުގެ ދާއިރާގައި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގުމަށްވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ދެ ގައުމުގެ އެތުލީޓުން ބަދަލުކޮށް ތަމްރީނު ކޭމްޕުތައް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ދިވެހި އެތުލީޓުން ތަމްރީނުކޮށް ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް ރަން މެޑައްޔެއް ކަށަވަރުކޮށްދިނުމަކީވެސް ޗައިނާގެ އަމާޒެއްކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ދެމުން އަންނައިރު، އެގައުމުންވަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި އެކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުގައި ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް އެގައުމުންވަނީ އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
