
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ކުޅިވަރު އެސޯސިއޭޝަންތަކާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ކުޅިވަރު ވުޒާރާއާއި އެސޯސިއޭޝަންތަކާއި ދެމެދު އޮތީ ގާތް ގުޅުމެއްކަމަށާއި، އެސޯސިއޭޝަންތަކާއި ގުޅިގެން ތަފާތު ގިނަ ޕްރޮގްރާމުތަކެއް މިހާރުވެސް ހިންގަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ޓީމުތަކުގެ މެނޭޖަރުން ތަމްރީނުކުރުމާއި، އެތުލީޓުންނަށް ސްޕޯޓްސް ސައިކޮލޮޖީ އަދި ސްޕޯޓްސް ނިއުޓްރިޝަން ފަދަ ކޯސްތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. “އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ބޮޑަށް އިރާދާކުރެއްވިއްޔާ އެގުޅުން ބަދަހިވެގެން އެކި ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް އެބަ ގެންދެވެޔޭ. އޭގެ ތެރޭގައި ޓީމުތަކުގެ މެނޭޖަރުން ތަމްރީނުކުރުމުގެ ކޯސްތަކާއި، އަދި އެތުލީޓުންނަށް ސްޕޯޓްސް ސައިކޮލޮޖީ އަދި ސްޕޯޓްސް ނިއުޓްރިޝަން މިކަހަލަ ކޯސްތައް ހިންގުމާއި މިކަހަލަ އިތުރު އެކްޓިވިޓީސްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ކުރިއަށް އެބަދޭ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުޅީވަރު ވުޒާރާއިން ކުޅިވަރު އެސޯސިއޭޝަންތަކާއި އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. މިގޮތުން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައްވެސް މިހާރު ބާއްވަމުން އަންނައިރު އެކަންކަމަށް މަގުފަހިކޮށްދީ، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި ކުޅިވަރު ވުޒާރާއިން އެއްބާރުލުންދެމުން އަންނަކަމަށެވެ. ވަޒީރު ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައި ކުޅިވަރު ވުޒާރާގެ އެހީތެރިކަން އެސޯސިއޭޝަންތަކަށް ލިބެމުންދާނެކަމަށެވެ. “އެހެންވީމަ އަޅުގަނޑު ދަންނަވާނީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތްތައްވެސް އިތުރުވުމާއި މިހުރިހާ ކަމަކުން އަޅުގަނޑުމެން ފެސިލިޓޭޓްކޮށްދެމުން މިއަންނަނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ ކެރަމްގެވެސް ވޯލްޑުކަޕު ރާއްޖޭގައި ބޭއްވޭގޮތަށް އިރާދަކުރެއްވިއްޔާ މަގުފަހިވެފަ. މިއަހަރު ފަހުކޮޅުގައި. ދެން މިދެންނެވި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ވާހަކަ. ހަމަ އެއާއި އެކު އަޅުގަނޑު ދަންނަވާނީ ސާރފިން އަދި އެހެނިހެން ކުޅިވަރުތަކުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި މިނިސްޓްރީން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް މިނިސްޓްރީން އިރާދަކުރެއްވިއްޔާ ފޯރުކޮށްދެމުންގެންދާނެ ވާހަކަ” ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ވުޒާރާއިން އަންނަނީ އެތުލީޓުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކި ކަހަލަ ތަމްރީނު ޕްރޮގްރާމުތައް ބާއްވަމުންނެވެ. އެގޮތުން ދާދިފަހުންވެސް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެންވަނީ ސްޕޯޓްސް ނިއުޓްރިޝަން އެންޑް ސްޕޯޓްސް ސައިކޮލޮޖީ ވޯކްޝޮޕެއްވެސް ބާއްވާފައެވެ. އެ ވޯކްޝޮޕުގައި 38 ފަރާތަކުން ބައިވެރިވެފަވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
