
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓުބޯޅައަށް އިހު އޮތް ޖޯޝު އަލުން ގެނެވޭނީ އެންމެން ގުޅިގެން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ. ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ތަޢާފަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ނިއު ރޭޑިއަންޓުން މިކުރާ މަސައްކަތަކީ ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ގެނައުމުގެ މަސައްކަތްކަމަށެވެ. “އަޅުގަނޑުމެން ހަގީގަތުގައި މިކުރާ މަސައްކަތަކީ ހަމައެކަނި ނިއު ރޭޑިއަންޓާއި އެއްކޮށް ކުރާ މަސައްކަތެއް ނޫން މިއީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން، މި ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއް” މުބީން ވިދާޅުވިއެވެ.
އެގޮތުން ފުޓުބޯޅައަށް ދިމާވެފައިވާ މިހާލަތުން އަރައިގަތުމަށް މުބީންވާނީ ކުޅިވަރާއި ގުޅުންހުރި އެކި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާނެކަމަށް މުބީން ފާހަގަކުރެއްވިއެވެ. “ވަރަށް ބޮޑަށް ފާހަގަކުރެވިއްޖެ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކަށް އިނގޭނެ. އަޅުގަނޑަށް ހަވާލުކޮށްފަ އޮތް ރަސްމީ މަސައްކަތުގެ ބޭރުން މިލިބޭ ގިނަ ވަގުތުތަކުގައި ކުޅިވަރަށް ލޯބިކުރާ، ފުޓުބޯޅައަށް ލޯބިކުރާ އެކިއެކި ޓީމުތަކުގެ އިސްވެރިންނާއި މިކަން މިހާރު އޮތް ހާލަތުން ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރީ ކޮންކޮން މަސައްކަތްތަކެއްތޯ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަގުނަ މަޝްވަރާތަކެއްކޮށްފަ އަޅުގަނޑުމެންވާނީ” ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ޗެއާމަން ވިދާޅުވެފަވެއެވެ. މުބީން ވިދާޅުވީ ރާއްޖޭގައި މިހިންގާ ކުލަބުތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުލަބުތަކަށް ހަދަންޖެހޭކަމަށާއި، އެކަން އެގޮތަށް ކުރެވޭނެ މަގުތަކަކީ ކޮބައިތޯވެސް ބަލަންޖެހޭކަމަށެވެ. އެގޮތުން މިކަމުގެ މަޝްވަރާތައްވެސް ކުލަބުތަކުގެ އިސްވެރިންނާއި ކޮށްފައިވާކަމަށް މުބީން ހާމަކުރެއްވިއެވެ.
ދިވެހި ފުޓުބޯޅައަށް ދިމާވެފައިވާ ނާޒުކު ހާލަތުން އަރައިގަތުމަށް އެންމެން އެކުވެ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މުބީން އިލްތިމާސްކުރެއްވިއެވެ. “އެނގިވަޑައިގަންނަވާނެ ތިޔަ ބޭފުޅުންނަށްވެސް މާބޮޑަށް ދިވެހި ފުޓުބޯޅަ މިއޮތީ ވަރަށް ނާޒުކު ހިސާބެއްގައި. ވަރަށް އެހެންކަހަލަ ހާލަތެއްގައި. އަޅުގަނޑުމެން އެންމެން ޓީމެއްގެ ގޮތުގައި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން ގުޅިގެން ރަނގަޅު މަސައްކަތެއްކޮށްގެން ނޫނިއްޔާ އަޅުގަނޑުމެން މިހާރު އޮތް ހިސާބުން އަރައިގަތުމަށް ދަތި ވަގުތެއްގައި އަޅުގަނޑުމެން މިތިބީ” މުބީން ވިދާޅުވިއެވެ. މިއަހަރަކީ ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލްއަހަރުކަމަށާއި، އޭގެ އިތުރުން އައު ޓީމެއް އެފްއޭއެމްއާއި ހަވާލުވުމާއި ގުޅިގެން މިކުޅިވަރާއި މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑުވެއްޖެކަމަށްވެސް މުބީން ހާމަކުރެއްވިއެވެ. އެފްއޭއެމްގެ އައު ޓީމާއެކު އުންމީދަކީ ފުޓުބޯޅައަށް އިހުގައި އޮތް ފޯރި އަލުން ގެނެސް ދަނޑުތައް ފުރާލާ މަންޒަރު ފެނުންކަމަށް މުބީން ވިދާޅުވިއެވެ.
ފުޓުބޯޅައަކީ ދިވެހިންގެ ވިންދާ ގުޅިފައިވާ ކުޅިވަރުކަމަށާއި، ދިވެހިންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށް މުބީން ވިދާޅުވިއެވެ. މާޒީއާއި އެކުވެ ގެއްލިފައިވާ ފުޓުބޯޅަ ފޯރި އަލުން ގެނައުމަށް ހުރިހާ ޓީމުތަކުން އެކުވެ މަސައްކަތްކުރުމަށް މުބީން ގޮވާލެއްވިއެވެ. “ފުޓުބޯޅައަކީ އަޅުގަނޑުމެން އެންމެންގެ ހިތުގެ ވިންދާ ގުޅިފަ އޮތް ކަމެއް ހަގީގަތުގައި. ދިވެހިރާއްޖޭގެ ގިނަގުނަ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ހާއްސަކޮށް ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު. އެހެންވީމަ މިދިޔަ ދުވަސްތަކުގައި މިގެއްލިގެން ދިޔަ ފޯރި އަޅުގަނޑުމެން އަނބުރާ ގެންނަން މިހުރިހާ ޓީމުތަކެއް ގުޅިގެން އަސްލުކުރަންޖެހޭ މަސައްކަތެއް މިއޮތީ ބާކީ. އެހެންވީމަ އަޅުގަނޑު އުންމީދުކުރަނީ ނިއު ރޭޑިއަންޓުގެ މުޅި ޓީމުގެ އުންމީދަކި އަޒުމަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ރަނގަޅުވެގެން ދިއުން. މިކަން އާލާވެގެން އަޅުގަނޑުމެން އެންމެންނަށް މިލިބޭ ވަގުތުތަކުގައި ކުޅިވަރަށް ލޯބިކުރަން މިލިބޭ ވަގުތުތަކުގައި ގަލޮޅު ދަނޑުގައި މިކުޅެވޭ މެޗުތައް އައިސްބަލާލާ އިހު އޮތް ފޯރި ޖޯޝު ގަލޮޅު ދަނޑުން ފެނިގެން ދިއުން” މުބީން ވިދާޅުވެފަވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
