
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2022 ގައި ރެލިގޭޝަނުން ސަލާމަތްވީ ކުޅުންތެރިންނާއި ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ގެ ބުރަ މަސައްކަތުންނެވެ. ނަމަވެސް، މިހާރު އެ ކްލަބް ވަނީ ބަނގުރޫޓުވެ، އެއް ވަނަ ޑިވިޝަނުން ވަކިވާން ނިންމިކަން އެފްއޭއެމަށް ވަނީ އަންގާފައެވެ. މި ނިންމުމުގެ ސަބަބުން ސަސްގެ ވަރުގަދަ އެކަޑަމީ ސެޓަޕް ވަނީ ގެއްލިފައެވެ. އެކަޑަމީގެ ކޯޗުންނާއި ކުޅުންތެރިން މިހާރު ވަނީ އެއް ވަނަ ޑިވިޝަނަށް އަލަށް އަންނަ އޮޑި ސްޕޯޓްސްއަށް ބަދަލުވެފައެވެ. އެކަޑަމީ އޮފިޝަލުން ބުނީ ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ނިސްބަތް ނުވާނަމަ އެފްއޭއެމްގެ ދަނޑުތައް އެކަޑަމީއަށް ނުލިބޭނެތީ އެންމެ ހަފުތާއެއް ވެސް ގެއްލުވާނުލައި އޮޑި އަށް ބަދަލުވީ ކަމަށެވެ.
ސަސް އެއް ވަނަ ޑިވިޝަނުން ވަކިވީ ނިއު ރޭޑިއަންޓްއާ އެކު ހެދި ޑީލެއްގެ ދަށުން ކަމަށް ތުހުމަތުތަކެއް ކުރެވޭ ނަމަވެސް، ސަސްގެ ނައިބު ރައީސް އަފްރާދު އާއި ނިއުގެ ޗެއާމަން މުބީން އެކަން ދޮގުކުރައްވައެވެ. ލީގުގެ ގަވާއިދުގައި ވަނީ ޖާގައެއް ހުސްވެއްޖެނަމަ ރީޖަނަލް ލީގުން އެންމެ ރަނގަޅު ޓީމަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. މިހާލަތުގައި، ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ޓެންޓާއި ނިއުއާ ދެމެދު ނަތީޖާ ބެލިއިރު ނިއުއަށް އެޑްވާންޓޭޖް ބޮޑު ކަމަށް މައުލޫމާތުތައް ދައްކައެވެ. ނިއު މިހާރު ދަނީ އަންނަ ސީޒަނަށް ތައްޔާރުވަމުންނެވެ.
ކުރިން ނިއު ރޭޑިއަންޓް އިންސާފުން ބޭރުން ސަސްޕެންޑްކޮށް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލި ކަމަށް ބުނެ، ބައެއް ސަޕޯޓަރުން ވަނީ މިހާރު ސަސްއާ އެކު ޑީލެއް ހަދައިގެން އެއް ވަނަ ޑިވިޝަނަށް އަރަން މަސައްކަތް ކުރުމަކީ ކުރު މަގެއް ކަމަށް ބުެނެ ފާޑުކިޔާފައެވެ. ސަސްއަށް ސަރުކާރުންނާއި އެފްއޭއެމް މެދުވެރިކޮށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ އިރު، ފުޓްބޯޅަ އެރީނާ ޕްރޮޖެކްޓްގެ ފައިސާ ވެސް ސަސްގެ ނައިބު ރައީސް އަފްރާދުއާ ގުޅުންހުރި ކުންފުންޏަކަށް ދިން ކަމަށް ތުހުމަތު ކުރެވެއެވެ. މި ހުރިހާ ކަމަކާ ގުޅިގެން، އެފްއޭއެމުން ސަސްގެ މައްސަލަ ގަދަޔަށް ބަލައި، ކްލަބުގެ ފައިނޭންޝިއަލް އޮޑިޓެއް ހަދައި، އެއް ވަނަ ޑިވިޝަނުން ވަކިވުމުގެ ސަބަބުތައް ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ. އެފްއޭއެމުން ބުނަނީ ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
