
ސިނަމާލެ ބުރިޖަކީ ދެ ޤައުމެއްގެ ދެމެދު އޮތް ވަރުގަދަ ގުޅުމެއްގެ ވަރަށް ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވެއްޖެއެވެ. ރަޢީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަރައްޤީކުރި “ސިނާމާލެ ބުރިޖު” ހުޅުވާ ބޭނުންކުރަންފެށިތާ 7 އަހަރު ފުރުން ފާހަގަކުރައްވާ، ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖް މަޝްރޫޢުއަކީ ރާއްޖެ ކުރިއަރައި ދިއުމުގައި ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއްކަމަށެވެ.
މިއީ ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދު އޮތް އިތުބާރާއި ދެ ޤައުމުގެ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Seven years ago today, the China-Maldives Friendship Bridge opened new pathways for our nation. It remains a proud testament to what true partnership can achieve and to the enduring bonds of unity, trust, and prosperity shared between Maldives and China. pic.twitter.com/2OlT1qk2MQ
— Dr Mohamed Muizzu (@MMuizzu) August 30, 2025
މި މަސައްކަތަކީ ދެ ޤައުމުގެ އެކުވެރިކަމާ ގުޅުމާއި، އެއްގައުމުން އަނެއް ޤައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ސިނާމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެދަށުންނެވެ.
މިދިޔަ އަހަރު ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ޓީވީ ޗެނަކަލަށް ދެއްވި އިންޓަވިއުއެއްގައި މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަވަނީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ “ޗެލެންޖިން” މަޝްރޫޢުކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާ އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ރާއްޖޭގެ ފުރަތަމަ ބުރިޖު ސިނަމާލެ ބުރިޖަކީ “ލޭންޑް މަރކް” މަޝްރޫއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިނަމާލެ ބުރިޖުގެ ޢަމަލީ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބުރިޖުގެ މަސައްކަތް ނިމުނީ 3 އަހަރާއި 11 މަސް ދުވަހުންނެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު، ބްރިޖް ހުޅުވީ 2018ވަނަ އަހަރުގެ އޮގަސްޓްމަހުގެ 30ވަނަ ދުވަހުއެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދު ކުރިއެވެ. އޭގެ ތެރެއިން 100 މިލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިޔަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރު ޚަރަދުކުރިއެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭން ހިމެނެއެވެ. މި މަޝްރޫޢުގައި މާލެ، ހުޅުލެ އަދި ހުލުމާލެ ވަނީ ގުޅާލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
