
ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)، އުމުރުފުޅުން 78 އަހަރުގައި ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންގެ އިތުރުން ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަންވެސް މެއެވެ. އެމްޔޫ މަނިކަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 1972 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް ގެނައުމުގައި އިސްކޮށް ހުންނެވި އެމަނިކުފާނު، މިއުމަން ޓުއަރިސްޓް އޭޖެންސީ އުފެއްދެވުމުގައިވެސް ބައިވެރިވެވަޑައިގަތެވެ. ހަމަ އެ އަހަރު ހުޅުވުނު ރާއްޖޭގެ ފުރަތަމަ ރިޒޯޓް ކުރުނބާ ވިލެޖް 1986 ގައި އަލުން ތަރައްޤީކޮށް 5 ތަރީގެ ހޮޓަލަކަށް ހެއްދެވިއެވެ.
ޔޫރަޕާ ރާއްޖެވައިގެ މަގުން ގުޅުވައި، ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް 1981 ގައި ރާއްޖެއަށް ފެށުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި ޖަރުމަނުގެ އައި.ޓީ.ބީ ފެއާގައި ބައިވެރިވެ، ޖަޕާނާއި ހޮންކޮންގް، ޗައިނާ، ތައިވާން ފަދަ ޤައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ބޮޑެވެ. ރާއްޖޭގެ ރިޒޯޓްތަކުގެ ފެންވަރު މަތިކުރުމަށާއި ދިވެހިންނަށް ތަމްރީނު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޓޫރިޒަމް ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް 1992 ވަނަ އަހަރު މަޓީ އުފެއްދެވުމުގައި އިސްނެންގެވިއެވެ. މުޙައްމަދު އުމަރު މަނިކަކީ އިޖްތިމާޢީ ރޮނގުންވެސް ގިނަގުނަ އެހީތެރިކަން ދެއްވާފައިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރުގެ ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދެއްވައި، އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޑައިލިސިސް މެޝިނެއް ބަހައްޓައި، އެކަމަށް ބޭނުންވާ މީހުން ތަމްރީނުކޮށްދެއްވިއެވެ. އަދި ޑޮކްޓަރުންނާއި އެހެނިހެން ދާއިރާތަކުން ކިޔަވަން ބޭރަށް ދާ ދިވެހި ކުދިންނަށް އަމިއްލަފުޅު ޚަރަދުގައި އެހީތެރިވެވަޑައިގަތެވެ.

ސަރުކާރަށް 19 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެމަނިކުފާނު، މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރުކަމުން ފެށިގެން ވަކީލުކަމާއި ނައިބު މިނިސްޓަރުކަމުގެ މަގާމުތައް ފުރުއްވިއެވެ. އަދި އެމް.އެމް.އޭގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދުމަތް ކުރައްވާފައިވާ އިރު، 2004 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަންވެސް ކުރައްވަމުން ގެންދެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން 1982 ގައި ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ލިބިވަޑައިގަތެވެ. މީގެ އިތުރުން، މިނިވަން 25 ގެ ޢާންމު ޚިދްމަތުގެ އިނާމާއި 2011 ވަނަ އަހަރު ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) ވެސް އެމަނިކުފާނަށް އަރުވާފައިވެއެވެ.
މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ މަސްޖިދް ޕްސާރާ އަމަންގައި، އަސުރު ނަމާދަށްފަހުއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
