
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހީންގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށެވެ. އެއީ ޤައުމު ބިނާކުރުމަށާއި، އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ އަގުހުރި ޚިދުމަތެއްކަމަށް ވިދާޅުވެފައެވެ.
އަދި އެއީ ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްސަ ހުނަރެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ދައިރާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހީންގެ މުސްތަޤުބަލުގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން. އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް. ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްޞަ ހުނަރެއް. ދިވެހީންގެ މުސްތަޤްބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި،… pic.twitter.com/mETiODB8sN
— Dr Mohamed Muizzu (@MMuizzu) August 30, 2025
އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ. އަދި އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
