
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން 65 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 210 މިލިޔަން ރުފިޔާ އަށް އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދާ ފާއިތުވި އަހަރުގެ ފުރަތަމަ 7 މަސްދުވަހާ އަޅާބަލާއިރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު ދިވެހިރާއްޖެއިން 945 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު މި ޢަދަދުވަނީ 1.4 ބިލިޔަން ރުފިޔާ އަށް އިތުރުވެފައެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށްކަމަށްވާއިރު، ވޭތުވެދިޔަ 7 މަސްދުވަހުގެެތެރޭގައިވެސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ ތަފާތު ބާވަތްތައްކަން ފާހަގަކޮށްލެވެއެވެ. އަދި މިތަކެތި އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ޤައުމުތަކަކީ ތައިލެންޑް (809.44 މިލިޔަން ރުފިޔާ) އަދި އިނގިރޭސިވިލާތް (252.46 މިލިޔަން ރުފިޔާ) އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެެރެކޮށްފައިވާ ޤައުމުތައް:
ޗައިނާ: 712 މިލިޔަން ރުފިޔާގެ މުދާ
އިންޑިއާ: 704 މިލިޔަން ރުފިޔާގެ މުދާ
ޔޫއޭއީ: 622 މިލިޔަން ރުފިޔާގެ މުދާ
އޮމާން: 513 މިލިޔަން ރުފިޔާގެ މުދާ
ސިންގަޕޫރު: 432 މިލިޔަން ރުފިޔާގެ މުދާ

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު ޖުލައިމަހު އާމްދަނީ ހުރީ 295 މިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓު އެކްސްޕޯޓުން ދަޢުލަތަށް ވަނީ 364 މިލިޔަން ރުފިޔާ ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
