
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ދެ މީހެއްގެ ހަށިތައް ޣައްޒާއިން ހޯދައިފިއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ވަނީ ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޙަމާސުން ވަނީ ގިނަ ޢަދަދެއްގެ އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މިހާތަނަށް 199 މީހުން މިނިވަން ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މީހުން މިނިވަން ކޮށްފައި ވަނީ ދިރިތިއްބައެވެ. ޔަހޫދީން މިހާރު ޤަބޫލުކުރާ ގޮތުގައި ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 49 އަސީރުން ތިބިއިރު، އޭގެ ތެރެއިން ދިރިތިބީ 20 މީހުންނެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ސަބަބުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޣައްޒާއިން އެންމެ ފަހުން ފެނިފައިވާ އަސީރުންގެ ހަށިތަކުގެ ތެރެއިން އެއް ހަށިގަނޑަކީ އުމުރުން 55އަހަރުގެ ފިރިހެނެއް ކަމަށްވާ އިލާން ވީސްގެ ހަށިގަނޑެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް ޙަމާސުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވެއެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މިނިވަންކޮށްފައެވެ. ހަށިގަނޑު ފެނިފައިވާ ދެވަނަ އަސީރުގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޔަހޫދީން މިހާރު މަސައްކަތްކުރަމުންދަނީ މުޅި ޣައްޒާއަށް އަސްކަރީ ޙަރަކާތް ފުޅާކޮށް، އެ ސަހަރު އެއްކޮށް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 63،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޔަހޫދީން ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދައި ޣައްޒާގެ ރައްޔިތުން ފާޅުގައި ބަނޑަށް ޖައްސަމުންދާއިރު ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި 322 މީހުން ވެސް ޝަހީދުވެފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ 59 ރައްޔިތުން ޝަހީދުވެފައިވާއިރު، ބަނޑަށް ޖެހުމުގެ ސަބަބުން އިތުރު ފަސް މީހުން ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
