
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު ސުލޫކީ މިންގަނޑުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ނިންމައި، އެ ޤައުމުގެ އެންމެ މަތީ ދުސްތޫރީ ކޯޓުން އޭނާ މަޤާމުން ވަކިކުރައްވައިފިއެވެ. ޕޭޓޮންގްޓާންއަކީ ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ އުމުރުގެ ގޮތުން އެންމެ ހަގު ބޭފުޅާއެވެ. އުމުރުން 37 އަހަރުގެ ޕޭޓޮންގްޓާނަކީ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ދަރިކަނބަލުންނެވެ. ދުސްތޫރީ ކޯޓުގެ ނިންމުމާއެކު އޭނާ ވެވަޑައިގެންފައި މި ވަނީ ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވި ބޭފުޅުންގެ ތެރެއިން މަޤާމުން ވަކިކޮށްފައިވާ ޗިނަވާތު ޢާއިލާއަށް ނިޞްބަތްވާ ނުވަތަ ގުޅުންހުރި ހަވަނަ ބޭފުޅާއަށެވެ. އޭނާ ވެރިކަންކުރައްވާފައި ވަނީ އެންމެ އަހަރެކެވެ.
ދުސްތޫރީ ކޯޓުގެ ނިންމުމުގައި ބުނީ ޕޭޓޮންގްޓާން ހީލަތްތެރިކަން އިސް ކުރެއްވުމުގެ ސަބަބުން އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށާއި، ސުލޫކީ މިންގަނޑުތަކާ ޚިލާފަށް އަމަލު ކުރައްވާފައިވާ ކަމަށެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ލީކުވި އޭނާއާއި ކެމްބޯޑިޔާގެ ކުރީގެ ބޮޑުވަޒީރު ހުން ސެނާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކެއްގައި ޕޭޓޮންގްޓާން ވަނީ، ތައިލެންޑާއި ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގާމެދު އުފެދުނު ދެބަސްވުމެއްގައި ކެމްބޯޑިޔާއަށް ވަރަށް ބޮޑަށް ދޫދެއްވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ. އޭގެ ހަފްތާތަކެއް ފަހުން ބޯޑަރު ސަރަޙައްދުގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ފަސް ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކޮށްފައެވެ.
ކޯޓުގެ ނިންމުމާއެކު ތައިލެންޑަށް އައު ބޮޑުވަޒީރެއް އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުން އަލުން ވޯޓުލުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް ވެރިކަންކުރާ ފިޔު ތައި ޕާޓީގެ ޕޭޓޮންގްޓާން މަޤާމުން ދުރުކުރުމާއެކު ޕާޓީ ބަލިކަށިވުމުގެ ސަބަބުންނާއި އެ ޕާޓީއަށް ޤާނޫނުހަދާ މަޖިލީހުގައި މާ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިނުވާތީ މި މަރުހަލާ ދިގުދެމިގެން ދިޔުން އެކަށީގެންވެއެވެ. ޕޭޓޮންގްޓާންގެ މައްސަލަ ބެއްލެވި 6 ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގަތީ ޕޭޓޮންގްޓާން އަމަލުކުރައްވާފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެއީ އޭނާއާއި ކެމްބޯޑިޔާގެ ކުރީގެ ބޮޑުވަޒީރާ ދެމެދު އޮތް ގާތް ގުޅުން އޭނާގެ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމަށް ފުރުޞަތު ދެއްވާފައިވާތީ ކަމަށް ކޯޓުން ދެކެއެވެ. އެ މައްސަލައިގައި ޕޭޓޮންގްޓާން ޤައުމުގެ މަސްލަހަތު އިސް ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި އޭނާ އިސްކުރައްވާފައި ވަނީ ކެމްބޯޑިޔާގެ މަސްލަހަތު ކަމަށް އެ ކޯޓުން ބުނެއެނެ. އޭގެ ސަބަބުން ޤައުމުގެ ހައިބަތަށް އަސަރުކޮށްފައިވާ ކަމަށާއި، ސަރުކާރާމެދު އޮންނަ އިތުބާރު ކުޑަވި ކަމަށް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. ޕޭޓޮންގްޓާންގެ އަމަލުތަކާ ގުޅިގެން ތައިލެންޑުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފައިވާ ކަމަށް ކޯޓުން ދެކެއެވެ.
ޕޭޓޮންގްޓާން ވިދާޅުވީ އޭނާ ބޭނުންފުޅުވީ އާންމުންނާއި ސިފައިންގެ ފުރާނަ ރައްކާތެރިކުރަން ކަމަށެވެ. ކުރިމަތިލުންތައް ހިންގުމުގެ ކުރިން އެ މީހުންގެ ސަލާމަތްކަން ކަށަވަރުކުރައްވަން އޭނާ ބޭނުންވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕޭޓޮންގްޓާންއަކީ ފާއިތުވި 17 އަހަރުގެ ތެރޭގައި ތައިލެންޑުގެ ދުސްތޫރީ ކޯޓުން މަޤާމުން ވަކިކޮށްފައިވާ ފަސްވަނަ ބޮޑުވަޒީރެވެ. އައު ބޮޑުވަޒީރެއް އައްޔަނުކުރެވެންދެން ޤައުމުގެ ހިންގުމާ ޙަވާލުވެވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނައިބު، ފުމްތަމް ވެޗަޔަޗައިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
