
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަމުގައި ކަނޑައަޅައިދިނުމަށް ގޮވައިލައި އެކުވެރި ދައުލަތްތައް (އދ)ގެ އެތަކެއް ސަތޭކަ މުވައްޒަފުން ސިޓީއެއް ފޮނުވައިފިއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އދގެ މުވައްޒަފުން ސިޓީއެއް ފޮނުވާފައި ވަނީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާ (އޯއެޗްސީއެޗްއާރް)ގެ ސަފީރު ފޮލްކަރ ތުރްކަށް އެޑުރެސްކޮށެވެ. ސިޓީގައި ސޮއިކޮށްފައިވާ މީހުންގެ ތެރޭގައި ގިނައީ އޯއެޗްސީއެޗްއާރްގެ މުވައްޒަފުންނެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
ތުރްކަށް ފޮނުވި ސިޓީގައި އޭނާގެ އޮފީހުގެ މުވައްޒަފުން ބުނީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަން ބައިނަލްއަޤްވާމީ މިންގަނޑުތަކުން ސާފުކޮށް ހާމަވާ ކަމުގައެެވެ. އަދި، ޔަހޫދީ ފައުޖުން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާތަކުގެ މަޢުލޫމާތު ރެކޯޑު ކުރެވި، ހާމަކަމާ އެކު ފެންނަން އޮތް ކަމުގައެވެ. “ޤަތުލުޢާންމެއް ހިންގަމުންދާ ނަމަ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަކީ އޯއެޗްސީއެޗްއާރްގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާއެއް،” އެ އޮފީހުގެ 500އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށް، 2,000އަށްވުރެ ގިނަ މުވައްޒަފުންގެ ތާޢީދާ އެކު ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވެއެވެ. “[ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދަނީ] ޤަތުލުޢާންމެއް ކަން ކަނޑައެޅުމުގައި ފަސް ޖެހުމަކީ އދގެ އިތުރުން އިންސާނީ ޙައްޤުތަކުގެ އިތުބާރު ގެއްލޭ ކަމެއް.” ޣައްޒާ ޤަތުލުޢާންމާ މެދު ސީދާ ގޮތެއް ނިންމުމަށް ވެސް އޯއެޗްސީއެޗްއާރްގެ މުވައްޒަފުން ވަނީ ތުރްކަށް ގޮވައިލާފައެވެ.
ތުރްކަށް ފޮނުވި ސިޓީއާ ގުޅިގެން އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ތުރްކަށް އިތުބާރު ކުރައްވައި، އޭނާއަށް ފުރިހަމަ އެއްބާރުލުން ދެއްވުމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ދެމިހުންނަވާނެ ކަމުގައެވެ. “ހާދިސާއަކީ ޤަތުލުޢާންމެއްގެ ގޮތުގައި ކަނޑައެޅުގެ ބާރު އޮތީ ޤާނޫނީ އިދާރާތަކަށް،” އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަރނޭޝަނަލް ހިމެނެއެވެ. މީގެ އިތުރުން، ފަލަސްޡީނުގެ ސަރަޙައްދުތަކަށް އދން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ވެސް ވަނީ އެއީ ޤަތުލުޢާންމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ތުރްކު މީގެ ކުރިން ވަނީ ޣައްޒާ ނަސްލުހޭދު ކުށްވެރި ކުރައްވާފައެވެ. “މިހާރު ހިނގަމުން މިދާ ބިރުވެރި ކަމާއި އަޚްލާޤީ ގޮތުން ނަފުރަތު ކުރުމުގެ އިޙްސާސް އަޅުގަނޑުމެން އެންމެންނަށް ކުރަމުންދާ ކަން ޤަބޫލު ކުރަން. އަދި، މި ހާލަތު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ނުކުޅެދިފައިވާ ކަމަށް ޓަކައި ކަންބޮޑުވުން ވެސް އެބައޮތް،” އޯއެޗްސީއެޗްއާރްގެ މުވައްޒަފުންގެ ސިޓީއަށް ދެއްވި ޖަވާބުގައި ތުރްކު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
