
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން މިލިޔަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ އިރުމަތީގައި އޮތް ޕަންޖާބް ޕުރޮވިންސަށެވެ. މިއީ، ފާއިތުވި ހަތަރު ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފެންބޮޑުވުމުގެ ކާރިސާއެވެ. ޕާކިސްތާންގެ އިތުރުން އިންޑިޔާގެ ބޮޑު ސަރަޙައްދަކުން ވެސް ދަނީ މޫސުމީ ވިއްސާރައާ ކުރިމަތިލަމުންނެވެ. ޕަންޖާބްގައި ފެންބޮޑުވެފައި ވަނީ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން، އިންޑިޔާގައި ޤާއިމު ކޮށްފައިވާ ޑޭމްތަކަށް ޖަމާވެ، ބޮޑުވެފައިވާ ފެންގަނޑު ދޫކޮށްލުމާ ގުޅިގެންނެވެ. މިއާ އެކު، އިންޑިޔާ ތެރެއިން ޕާކިސްތާނުގެ އިރުމަތީ ސަރަޙައްދުތަކަށް ދެމޭ ތިން ކޯރެއް ފުރިގެން ބަންޑުންވިއެވެ. އަދި، ކޯރުތަކުގެ އައްސޭރިފަށުގައިވާ އަވަށްތަކުގައި ފެންބޮޑުވިއެވެ.
ޕަންޖާބް ޕުރޮވިންސުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ ކޯރުތަކުގެ ފެންގަނޑު ބަންޑުންވެ، 1,400އަށްވުރެ ގިނަ އަވަށެއްގައި ފެންބޮޑުވެ، ޢާންމުންގެ ގެދޮރާއި ދަނޑުބިންތައް ފެނު އަޑީގައިވާ ކަމުގައެވެ. ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވަނީ އެ އަވަށްތަކުގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުންނެވެ. ފެންބޮޑުވުމާ ގުޅިގެން އެތަކެއް ސަތޭކަ ދަނޑުބިމަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއާ އެކު، އެ ސަރަޙައްދުގެ ދަނޑުވެރިންނަށް މި ވަނީ އިޤުތިޞާދީ ގޮތުން ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. ޕަންޖާބްގެ ތެރެއިން ދެމޭ ޖަނާބް ކޯރުގެ ފެންގަނޑު ބަންޑުވެ، ފެންބޮޑުވެފައިވާ އެއް އަވަށަކީ ޤާދިރްއާބާދެވެ. އެ އަވަށުގެ ރައްޔިތުން ބުނީ، އެ މީހުންގެ ގެދޮރު މި ވަގުތު އޮތީ ފެނު އަޑީގައި ކަމުގައެވެ. އަދި، ބޯހިޔާވަހިކަމެއް ނެތުމާ އެކު އަންހެނުންނާއި ކުޑަކުދިންނަށް ނިދޭނެ ގޮތެއް ނެތް ކަމަށާއި، ކުޑަކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގައި ވެސް އެ އަވަށުގެ ރައްޔިތުން ބުންޏެވެ.
ޕާކިސްތާންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ޕަންޖާބާއި، އެ ޕުރޮވިންސް ވަށައިގެންވާ ސަރަޙައްދުތަކުގައެވެ. އަދި، އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ގޮދަނާއި ހަނޑުލުމުގެ ދަނޑުވެރިކަން ކުރާ ސަރަޙައްދެކެވެ. އެ ޕުރޮވިންސުގެ ތެރެއިން ދެމޭ މައި ތިން ކޯރު ކަމުގައިވާ ޖަނާބާއި ސަތުލަޖް އަދި ރާވީއަކީ އެ ސަރަޙައްދުގެ ދަނޑުވެރިކަމުގެ ސިނާއަތަށް މުހިންމު ތިން ކޯރެކެވެ. ނަމަވެސް، އެ ތިން ކޯރުގެ ފެންގަނޑު ބަންޑުވުމާ އެކު، ގޮދަނާއި ހަނޑޫ އަދި ކަފަ ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން ޕާކިސްތާންގެ އިތުރުން އިންޑިޔާގެ ގިނަ ސަރަޙައްދުތަކެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އިންޑިޔާގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރްގެ ސަރަޙައްދަށެވެ. މި ހިނގާ އޮގަސްޓް މަހު ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ކަޝްމީރުން ވަނީ 60 މީހެއްގެ ފުރާނަ ގެއްލިފައެވެ. އަދި، ޖޫން މަހަށް ފަހު ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 819އަށް އުފުލިފައެވެ. ޕަންޖާބަށް މި ވަގުތު ކުރަމުންދާ ވިއްސާރައާ ގުޅިގެން 12 މީހަކު މަރުވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
