
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދަނީ ޤަތުލްޢާންމެއް ކަމަށް އެމެރިކާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޤަބޫލުކުރާ ކަމަށް ޚިޔާލުހޯދުމުގެ ޕޯލްއަކުން ދައްކައިފިއެވެ. ކުއިނިޕިއަކް ޔުނިވަސިޓީން ކުރިއަށް ގެންދިޔަ ޕޯލްގައި އެމެރިކާގެ 1،220 މީހުން ބައިވެރިވެފައިވެއެވެ. އެ ޕޯލްގައި ބައިވެރިވި އެމެރިކާގެ ރައްޔިތުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީން މަސައްކަތް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށެވެ. އެގޮތަށް ޤަބޫލުކުރާ މީހުންގެ ތެރެއިން 77 އިންސައްތަ މީހުންނަނީ ޑިމޮކުރަންޓުންނެވެ. އަދި 51 އިންސައްތަ މީހުންނަކީ ވަކި ސިޔާސީ ފިކުރަކަށް ނިޞްބަތްވާ މީހުންނެއް ނޫނެވެ.
ނަމަވެސް ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިޞްބަތްވާ ގިނަ މީހުން ޔަހޫދީންގެ ޢަމަލުތަކަކީ ބަޔަކު ނަސްލުހޭދުކުރުމުގެ ޢަމަލެއް ކަމަށް ޤަބޫލެއް ނުކުރެއެވެ. ރިޕަބްލިކަނުންގެ 64 އިންސައްތަ މީހުންގެ ވިސްނުމަކީ މިއީއެވެ. ނަމަވެސް އެ ފިކުރަށް ތާއީދުކުރާ މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ޔަހޫދީން ޣައްޒާގައި ޤަތުލްޢާއްމެއް ހިންގަމުންދާ ކަމަށް ޤަބޫލުކުރެއެވެ. ވޯޓުލީ މީހުންގެ ތެރެއިން ކޮންމެ ދިހަމީހަކުން ހަ މީހުން އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު ހިތްހަމަނުޖެހެއެވެ. އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު އާންމުން ދެކޭ ގޮތް، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުއިނިޕިއަކް ޔުނަވަސިޓީއިން ބަލަމުންދާއިރު، މި ޢަދަދަކީ އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ވިއްކުމާމެދު ހިތްހަމަނުޖެހޭ ކަމަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ބުނި ޢަދަދެވެ.
ވޯޓުލީ މީހުންގެ މެދުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމްދަރުދީވާ މީހުންގެ ޢަދަދާއި ޔަހޫދީންނަށް ހަމްދަރުދީވާ މީހުންގެ ޢަދަދު ގާތްގަނޑަކަށް އެއްވަރެކެވެ. ވޯޓުލީ މީހުންގެ 37 އިންސައްތަ ބޮޑަށް ހަމްދަރުދީ ވެވެނީ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. ނަމަވެސް 36 އިންސައްތަ މީހުން ބޮޑަށް ހަމްދަރުދީ ވަނީ ޔަހޫދީންނަށެވެ. މިއީ 2001ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުއިނިޕިއަކުން މި ދާއިރާއިން އާންމުންގެ ޚިޔާލު ހޯދަން ފެށި ފަހުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ހަމްދަރުދީވާ އެމެރިކާގެ ރައްޔިތުންގެ ނިޞްބަތް މިހާ ގިނަވި ފުރަތަމަ ފަހަރެވެ. އަދި ޔަހޫދީންނަށް އޮތް ތާއީދު އެންމެ ކުޑަވި ފަހަރު ވެސް މެއެވެ.
ކުއިނިޕިއަކް ޔުނިވަސިޓީއިން ހިންގާ ޕޯލްތައް ދިރާސާ ކުރާ އެ ޔުނިވަސިޓީގެ އެނަލިސްޓު، ޓިމް މެލޯއީ ވިދާޅުވީ ފަލަސްޠީނަށް އޮންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު ހިތްހަމަނުޖެހޭ މީހުންގެ ޢަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ. އަދި އާންމުން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާންމު ސިފަކުރަން ބޭނުންކުރާ ބަސްތަކަކީ ހަރުކަށި ބަސްބަސް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން އެ ސަހަރުގައި މިހާތަނަށް 62,966 މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ޔަހޫދީން މިހާރު ދަނީ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދައި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއާއި ހިޔުމަން ރައިޓްސް ވޮޗް ފަދަ ޖަމްޢިއްޔާތައް ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ޢަދުލްއިންސާފުގެ ކޯޓު ވަނީ ޣައްޒާގައި ޔަހޫދީން ޤަތުލްޢާންމު ހިންގައި އެ ސަހަރުގެ ރައްޔިތުން ނަސްލުހޭދުކުރަމުންދާ ކަމަށް ތުހުމަތުކޮށް ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފައެވެ. އަދި ޤަތުލްޢާންމުން ރައްކާތެރިވުމުގެ ހައްޤު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށް ވަނީ ނިންމައިފައެވެ. އެ އަހަރުގެ ނޮވެމްވަރު މަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއާއި ޔަހޫދީންގެ ކުރީގެ ދިފާޢީ ވަޒީރު، ޔޯވް ގަލަންތު ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. އެއީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ތުހުމަތުގައެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
