
ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމުގެ މަގާމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ. އުމުރުން 62 އަހަރުގެ މޮރީނިއޯ އެ މަގާމުން ވަކިކޮށްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ފެނަބާޗޭ އަށް ގެއްލުމާއި ގުޅިގެންނެވެ. ބެންފީކާ އަތުން ބަލިވި މެޗު ނިމުނުތާ ގިނައިރުތަކެއް ނުވަނީސް ފެނަބާޗޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޮރީނިއޯ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. މޮރީނިއޯގެ ކޯޗިން ހަޔާތުގައި ޔޫރަޕްގެ މަޝްހޫރު 10 ކްލަބަކަށް ކޯޗު ކޮށްދީފައިވާއިރު, އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް އާއި ޓޮޓްނަމް ހޮޓްސްޕަރގެ އިތުރުން އިޓަލީގެ އިންޓަރ މިލާނާއި ޕޯޓޯ ހިމެނެ އެވެ. އޭގެ ތެރެއިން ދެ ފަހަރު މަތިން ޗެލްސީ އަށް ކޯޗު ކޮށްދީފައިވާއިރު އޭނާ ވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ.
ފެނަބާޗޭ ގައި މޮރީނިއޯ ހޭދަކުރި ދެ އަހަރުގެ ތެރޭގައި އެ ކްލަބަށް އެދެވޭ ގިނަ ކާމިޔާބީތަކެއް ހޯދަދެވިފައިނުވި ނަމަވެސް އެ ކްލަބާއި އެންމެ ވާދަވެރި ގަލަތަސަރާއީ އާއި ދެމެދު ކުޅޭ މެޗަކީ އަބަދުވެސް ފޯރިގަދަ މެޗަކަށްވަނީ ވެފަ އެވެ. މޮރީނިއޯ އާއިއެކު ފެނަބާޗޭ އިން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާއިރު އޭނާ އަށް ބަދަލުގެ ގޮތުގައި އެ ކްލަބުން 9 މިލިއަން ޔޫރޯގެ އަދަދެއް ދޭން ޖެހޭނެކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ފާއިތުވެދިޔަ 11 އަހަރުގެ ތެރޭގައި ފެނަބާޗޭ އަށް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާއިރު މޮރީނިއޯ އެ ކްލަބަށް ގެނައުމުގެ އެންމެ ބޮޑު އަމާޒަކީ މުބާރާތެއް ކާމިޔާބު ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
