
މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ދެކެ ބައެއް ފަހަރު ރުޅިއަންނަ ކަމަށާއި، މަގާމުން އިސްތިއުފާދިނުމަށްވެސް ބައެއް ފަހަރު ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ. އިނގިރޭސި ލީގު ކަޕްގައި ހަތަރުވަނަ ޑިވިޝަނުގެ ޓިމެއްގެ އަތުން ބަލިވެ އެ މުބާރާތުން ކެޓި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ އެއީ ކޮންމެ މެޗެއް ނަމަވެސް މެޗަކުން ބަލިވެއްޖެނަމަ ތަފާތު ހިޔާލުތަކެއް އަންނަ ކަމަށެވެ. “ބައެއް ފަހަރު އަހަރެން ކުޅުންތެރިން ދެކެ ވަރަށް ބޮޑަށް ރުޅި އާދޭ އަދި ބައެއް ފަހަރު އެމީހުންދެކެ ލޯބިވެސްވޭ. ހަމަ އެގޮތަށް ކޯޗު ކަމުން އިސްތިއުފާ ދިނުމަށްވެސް ހިތަށް އަރާ އަދި ބައެއް ފަހަރު މި މަގާމުގައި 20 އަހަރު ހުންނަންވެސް ބޭނުންވޭ.” އަމޮރިމް ބުންޏެވެ.
މިދިޔަ ސީޒަނުގެ މެދުތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމަށް އަދި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެފައިވާއިރު ލީގު ކަޕުން ވަނީ ކަޓާފަ އެވެ. އަދި ކުރިއަށް މިދާ ސީޒަނުގައި ޔޫރަޕްގެ އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި އެ ޓީމު ވާދައެއް ނުކުރާނެ އެވެ. އަމޮރިމް ބުނެފައިވަނީ އޭނާ އަކީ އަދިވެސް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމަށާއި އެހެންކަމުން މިހާރު ހުރިހާވެސް ވިސްނުމެއް ހުރީ ލީގުގައި ކުރިއަށް އޮތް މެޗަށް ކަމަށާއި އެ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން އަމޮރިމްގެ މުސްތަގުބަލާއި ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ބުނެފައިނުވާއިރު ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އަމޮރިމް މަގާމުން ދުރު ކުރުމާއި ގުޅޭ ގޮތުން އެ ކްލަބުން ގޮތެއް ނިންމާފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
